Jobs

Salary
MVR 7,800+
Employment Type
Full-Time

Details

Salary and Benefits
MVR 7,800+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/271025

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން، ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެނަ 4 މާއްދާއިން ސީ ފާސް ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާއި މިޝަންއާއި ލަނޑުދަނޑިތަކާއި، ލީޑަރޝިޕް ކޮމްޕިޓެންސީތަކަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން.
  • ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ކޮންޓިނިއުއަސް ލާނިންގ ޕްރޮގްރާމްތައް، ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ރާވައި ހިންގުމާއި އިވެލުއޭޓްކުރުން.
  • ކުންފުނީގެ ނީޑްސް ތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށް މިރޮނގުން ކުރަންޖެހޭ ކަންކަން ފަރުމާކޮށް ހިންގުމަށް އެހީތެރިވެދިނުން.
  • އޯގަނައިޒޭޝަނަލް ޗޭންޖް އަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، އޯގަނައިޒޭޝަނަލް ކަލްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ކުރެވޭނެ ގޮތްތައް އިންތިޒާމުކުރުން.
  • މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީގެން ދުޅަހެޔޮ، ޕޮސިޓިވް ނަތީޖާ ނެރެދޭނެ ބަޔަކަށް މުވައްޒަފުން ހެދުމަށް އެހީތެރިވެދިނުން.
  • ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް މެދުވެރިކޮށް ހިންގާ ކޯސްތައް ފަރުމާކުރުމާއި، ހިންގުމަށް އެހީތެރިވެދިނުން.
  • އިންސްޓިޓީއުޓުގެ ކޯސްތަކަށް މުވައްޒަފުންނާއި ޢާންމުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތުގައި ހަރަކާތެރިވުމުގެ އިތުރުން، ހިންގާ ހަރަކާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުން.
  • ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

Other Information

Employment Type
  • Full-Time
Published Date
4 January 2024
Expiry Date
14 January 2024