Jobs

Salary
MVR 12,300+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 12,300+
އެހެނިހެން އެލަވަންސްތައް:
ސަޕޯޓް ސަރވިސް އެލަވަންސް: -/5,010ރުފިޔާ
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/284634

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް  އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށް ގެންދިއުން؛
  • ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް އާއި ގުޅޭ މަސައްކަތްތަކުގައި މެނޭޖިންގ ޑިރެކްޓަރއާއި އޮޑިޓް ކޮމިޓީގެ ޗެއަރމަންއަށް ރިޕޯޓްކުރުން؛
  • އިންޓަރނަލް އޮޑިޓްއާއި ގުޅޭ މަސައްކަތްތަކުގައި ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން؛
  • ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި، އެކަންކަމުގެ ފީޑްބެކް ދިނުމާއި، ކަންކަން އިޞްލާޙުކުރުމަށް ގޮތްތަކެއް ހުށަހެޅުން؛
  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކާއި ޗެނަލްތަކުގެ އޮޑިޓް ހިންގުމަށްފަހު އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ފާހަގަކުރުމާއި، އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން؛
  • އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން؛
  • ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތު ތާކައި އެއްގޮތަށް އަދި އޮޑިޓަރ ޖެނެރަލް ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކޮށްފައިވާ ގޮތް ބަލައި އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން؛
  • މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތައް ކުރިއަށްގެންދާ މިންވަރު ބެލުމަށް ބޭނުންވާ ކޮމްޕްލަޔަންސް އޮޑިޓް ހެދުން؛
  • ޕަބްލިކް ސަރވިސް މީޑިއާގެ ނަޒާހަތްތެރިކަމުގެ ސިޔާސަތުގެ 7.1 ގައި ބަޔާންކުރާ އުސޫލުގެ މަތިން މުވައްޒަފުން ހުށަހަޅާ މައްސަލަތައް، މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާގޮތެއްގެ މަތިން ތަހުޤީޤު ކުރަންޖެހޭ މައްސަލަތައް ބެލުމުގައި އެހީތެރިވުން؛
  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން؛
  • އެކްސްޓާރނަލް އޮޑިޓިންގ ގައި އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  • އިންޓާރނަލް އަދި އެކްސްޓާރނަލް އޮޑިޓިންގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއަށް އަމަލުކުރުން؛
  • މިނޫންވެސް އިންޓަރނަލް އޮޑިޓާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މެނޭޖިރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 ގެ އަހަރުދުވަހު މެނޭޖިރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 12 އަހަރުދުވަހު މެނޭޖިރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

Other Information

Employment Type
  • Full-Time
Published Date
31 March 2024
Expiry Date
24 April 2024