Login
Job Seeker Login
Employer Login
Home
Jobs
(current)
Employers
Education & Training
MEERY
Income Support
Home
Jobs
ޗީފް ފައިނޭންޝިއަލް އޮފިސަރ
Jobs
Search
ޗީފް ފައިނޭންޝިއަލް އޮފިސަރ
Expired
Public Service Media
Salary
MVR 15,600+
Employment Type
Full-Time
Vacancies
1
Island
Male' City, Male'
Details
Salary and Benefits
MVR 15,600+
އެހެނިހެން އެލަވަންސްތައް:
• ސަޕޯޓް ސަރވިސް އެލަވަންސް: 5,010/-ރުފިޔާ
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް ޑިޕާޓްމަންޓް ހެޑް އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description
https://www.gazette.gov.mv/iulaan/294886
މަޤާމުގެ ޝަރުތު:
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 12 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
ފައިނޭންސް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި އަދި ޕްރޮސީޖަރތަކާއި، ބަޖެޓު، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ ސްޓްރެޓެޖިކް ލަފާއެރުވުން؛
ކުންފުނީގެ ފައިސާ ގެންގުޅޭނެ ގޮތްތަކާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީ، ޕޮލިސީ އަދި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛
އެކައުންޓިންގ އަދި ފައިނޭންޝަލް ޕޮލިސީތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތައް ކުންފުނީގެ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުން؛
އެހެނިހެން ޑިޕާރޓްމަންޓްތަކާގުޅިގެން ކުރެވޭ މާލީ މުއާމަލާތްތަކުގެ އެންމެހާ މަސައްކަތްތައް، ހަރުދަނާ ނިޒާމެއްގެދަށުން ކުރެވޭނެގޮތްތައް އެކުލަވާލައި ކަނޑައެޅުމަށްފަހު، އެއާ އެއްގޮތަށް އަމަލު ކުރާގޮތް ވިލަރެސްކުރުން؛
ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހަޅާ، ލަފާ އެރުވުން؛
ފައިނޭންޝިއަލް ފޯކާސްޓިންގ އަދި ބަޖެޓު މެނޭޖްކޮށް ބެލެހެއްޓުމާއެކު އެންމެހާ ފައިނޭންޝިއަލް ރިޕޯޓްތައް (އިންކަމް ސްޓޭޓްމަންޓްސް ، ޓެކްސް އަދި އެހެނިހެން ރިޕޯޓްސް ހިމެނޭހެން) އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާގޮތް ވިލަރެސްކުރުން؛
ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، ކުންފުނި އޮތް ހާލަތު، އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށާއި، ކުންފުނީގެ ބޯޑަށް ސާފުކޮށްދިނުން؛
މާލީހާލަތު އަބަދުވެސް މޮނިޓަރކުރަމުން ގެންދިއުމާއި، ރަނގަޅުކުރެވޭނެ ކަންތައްތައް ދެނެގަނެ އެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި އަދި އެ މައުލޫމާތުތައް މެނޭޖްމަންޓަށް ހިއްސާކުރުން؛
މާލީ އަދި ހިންގުމުގައި ހުރި ހިރާސްތަކާއި އަދި ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ޕްލޭންތައް އެކަށައަޅާ، ހިރާސްތައް މެނޭޖްކުރުން؛
ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ޑޭޓާ އެނަލައިޒް ކުރުމާއި ރިސާޗް ހެދުމުގައި މެނޭޖްމަންޓް ޓީމާގުޅިގެން މަސައްކަތްކުރުން؛
ދުރުރާސްތާ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ލަފާދިނުމާއި، ކުންފުނީގެ ޕްލޭންއާ އެއްގޮތްވާގޮތުގެ މަތީން އަހަރީ ފައިނޭންޝިއަލް އޮބްޖެކްޓިވްސްތައް ކަނޑައަޅައި އިމްޕްލިމެންޓްކުރުން؛
ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙުލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައިދިނުން؛
ކުންފުނިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އަދި ފައިސާއާއިގުޅޭ މުއާމަލާތްތައް ކުރެވެމުންދަނީ ޤާނޫނާއި ޤަވާއިދާ އަދި ކުންފުނީގެ އެންމެހާ ސިޔާސަތުތަކާ އެއްގޮތަށްތޯ ބަލާ އަމަލުކުރުމާއި ވިލަރެސްކުރުން؛
މާލީ އަދި މިލްކިއްޔާތާގުޅޭ ކަންކަމުގައި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުމާއި އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން؛
ބެންކުތަކާއި، އިވެސްޓަރުންނާއި، މުދާ ދޫކުރާ ފަރާތްތަކާ އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން ނަޒާހަތްތެރިކަމާ ތެދުވެރިކަމާއެކު ދެމެހެއްޓުން؛
ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް، ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން؛
ކުންފުނީގެ މާލީ ހިސާބުތައް ވިލަރެސްކުރެވޭ ނިޒާމުގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް، ޚަރަދުކުރެވޭނެ ނިޒާމް ހަރުދަނާކުރުން؛
ކުންފުނީގެ ފައިނޭންޝިއަލް ޑޮކިއުމެންޓްސްތަކާއި ރިކޯޑްސްތައް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ބަލަހައްޓަމުން ގެންދިއުމާއި އަދި ގެންދާގޮތް ވިލަރެސްކުރުން؛
ސަރުކާރުގެ އިދާރާތަކާއި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންޖެހޭ އަހަރީ، ކުއާޓަރލީ އަދި މަހުންމަހައް ތައްޔާރުކުރަންޖެހޭ ފައިނޭންޝިއަލް ރިޕޯޓުތައް ފަދަ އެންމެހާ ފައިނޭންޝިއަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި، ހުށަހެޅުމުގެ މަސައްކަތްކުރުމާއި އެމަސައްކަތް ވިލަރެސްކުރުން؛
ކުންފުނިން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް ކުރިއަށްގެންދެވެނީ ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންކަން ޔަޤީންކޮށް ރިކޯޑްސް ބެލެހެއްޓުން؛
މި ކުންފުނީގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ކުރިއަށް ގެންގޮސް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުމާއި މޮނިޓަރކުރުން އަދި އެފަރާތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓުގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއާއެއްގޮތަށް އަމަލުކުރުން؛
ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތުތަކާ އެއްގޮތަށް އަދި ޕީސީބީ އާއި މާލީ ވުޒާރާއިން ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކުރުމާއި އަދި އަމަލުކޮށްފައިވާ ގޮތް ބަލައި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން؛
އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާއި އެދެވޭ ގުޅުމެއް ބޭއްވުމާއި ގުޅިގެން މަސައްކަތްކުރުން؛
ފައިނޭންސް ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތައް އަހުލުވެރިކުރުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛
ތެދުވެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް ކުންފުނީގައި އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކުރުން؛
މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛
ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛
ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
Requirements and Qualifications
Minimum Experience
Not Specified
Documents to Submit
Documents
ހުށަހަޅަންޖެހޭ ލިޔުންތައް:
• ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
• ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
• ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
• މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
Other Information
Employment Type
Full-Time
Job Listing Expired
Sorry! the deadline for this job has already passed.
You can no longer apply for this job.
Public Service Media
Published Date
10 June 2024
Expiry Date
23 June 2024