Jobs

Salary
MVR 15,150 - MVR 16,550
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 15,150 - MVR 16,550
Job Description

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ފައިނޭންސް

ޑިޕާޓްމަންޓް:

ކޯޕަރޭޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ

އަސާސީ މުސާރަ:

6،750.00 ރުފިޔާ އާއި 7،250.00 ރުފިޔާއާ ދެމެދު

ސަރވިސް އެލަވަންސް:

100.00 ރުފިޔާ އާއި 120.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

ޙާޒިރީ އެލަވަންސް:

180.00 ރުފިޔާ އާއި 190.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތްތައް:

މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·     އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.

·     އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން.

·     އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި އިންސްޓިޓިއުޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، އިންސްޓިޓިއުޓްގެ އެންމެހާ ފައިސާއާބެހޭ ކަންކަން ބެލެހެއްޓުން.

·     އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ޚަރަދު ރިޕޯޓާއި، ތިޖޫރީ ރިޕޯޓާއި، އާމްދަނީ ރިޕޯޓުތަކާއި، މާލީ ހިސާބުތަކާއި އަދި އެހެނިހެން ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

·     އިންސްޓިޓިއުޓް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ، އޮޑިޓަރުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން.

·     އިންސްޓިޓިއުޓްގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އަދި ހުރިހާ އެންޓްރީތަކެއް ސައްޙަކަމާއެކު ނިޒާމަށް ފާހަގަކުރެވިފައިވާކަން ޔަގީންކުރުން.

·     ހުރިހާ މާލީ މުޢާމަލާތްތަކެއް ވަގުތުން ވަގުތަށް ހިސާބު ބެލެހެއްޓުމުގެ ނިޒާމުގައި ސައްޙަކަމާއެކު ރެކޯޑުކުރެވިފައިވާކަން ޔަގީންކުރުން.

·     ފައިސާ ދެއްކުމަށް ޕްރޮސެސްކުރުމުގެ ކުރިން، ފައިސާ ދެއްކުމަށް އެދޭ ރިކުއެސްޓްތައް އިދާރާގެ އެތެރޭގެ ސިޔާސަތުތަކާއި އިޖުރާއަތުތަކާ އެއްގޮތްވޭތޯ ބަލައި މުރާޖަޢާކުރުން.

·     ޕެޓީ ކޭޝް އަދި އެހެނިހެން އެޑްވާންސްތައް ހިމެނޭގޮތަށް، ބޭންކު އެކައުންޓުތައް ރިކޮންސައިލްކުރުން.

·     އައި.އެފް.އާރް.އެސް (ބައިނަލްއަޤްވާމީ މާލީ ރިޕޯޓިންގ މިންގަނޑުތައް) އާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންވާ ނޯޓުތައް ހިމެނޭގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުން.

·     ޖީ.އޭ.އޭ.ޕީ ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރެކޯޑެށް ބެލެހެއްޓުމާއި، ހިސާބު ބެލެހެއްޓުމާއި އަދި ރިޕޯޓު ކުރުމުގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރެވިފައިވާކަން ޔަޤީންކުރުން.

·     މެނޭޖްމަންޓަށާއި ކައުންސިލަށް މަހުން މަހަށް، ކުއާޓަރުން ކުއާޓަރަށް، އަދި އަހަރުން އަހަރަށް ހުށަހަޅަންޖެހޭ މާލީ އަދި ޤަވާއިދުތަކާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.

·     އޫޑޫ ސިސްޓަމްއާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރެކޯޑެއް ބެލެހެއްޓުމާއި ހިސާބު ބެލެހެއްޓުން ފުރިހަމަކުރެވޭކަން  ޔަގީންކުރުން.

·     އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް ރިޕޯޓިންގ ކުރުން.

·     އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓްތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކޮށް، މުރާޖަޢާކުރުން.

·     އިންސްޓިޓިއުޓްގެ މާލީ ސިޔާސަތުތަކާއި ސެކްޝަންގެ މަސައްކަތްތައް ހިންގުމުގެ މިންގަނޑާއި އުސޫލުތައް އަބަދުވެސް މުރާޖަޢާކުރަމުން ގެންދިއުން.

·     އެކަށީގެންވާ އިންޓާނަލް ކޮންޓްރޯލްތައް ތަންފީޒުކުރުމާއި، އަދި ހަރުދަނާ ހިސާބު ބެލެހެއްޓުމާއި، ކޮންޓްރޯލް ފަންކްޝަން ޔަގީންކުރުމަށްޓަކައި އިޖުރާއަތުތައް އެކުލަވާލުން.

·     އިންސްޓިޓިއުޓްގެ ބަޖެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ބަޖެޓުތަކާ އަޅާބަލާއިރު ޚަރަދުތައް ހުރި މިންވަރު ބެލުން.

·     މިނޫންވެސް އިންސްޓިޓިއުޓްގެ ފައިސާއާބެހޭ އެންމެހާ ކަންކަން އިންސްޓިޓިއުޓްގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމްކުރުން.

·     ބޭނުންވެއްޖެ ހިނދެއްގައި އާންމު އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.

·     މެނޭޖްމަންޓުން ބޭނުންވެދާނެ އެހެނިހެން ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

·     މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ނުވަތަ ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،   ނުވަތަ

·     ACCA ސްކިލްސް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

·     ACCA ގެ 7 ޕޭޕަރު ނިންމާފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

·     މަޤާމާއި ގުޅޭދާއިރާއަކުން އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

·     އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.

·     އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

·     މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.

·     ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

·     އޫޑޫ ސިސްޓަމް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ

ލިޔުންތައް:

 

·     ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"

·     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

·     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

·     އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

·     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 6 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

Requirements and Qualifications

Minimum Experience
Not Specified

Other Information

Employment Type
  • Full-Time

Login to apply for this job