Jobs

Salary
MVR 10,000
Employment Type
Full-Time
Island
Male' City, Male'

Details

Salary and Benefits
MVR 10,000
Job Description

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1.    ކުންފުނީގެ ހުރިހާ ސެކްޝަންތަކުގެ ޚިދުމަތާއި ތަކެތި ހޯދުމަށް ކޯޓޭޝަން ހޯދުމާއިއެކު އެގްރިމެންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރިމެންޓްކޮށް އެމަސައްކަތް ޙަވާލުކުރަންޖެހޭ ފަރާތް ތަކާއި ޙަވާލުކޮށް އެމަސައްކަތާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުވާ، އެމަސައްކަތްތައް ވިލަރެސްކޮށް ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓުން.

2.    ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތަކެއް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.

3.   ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.

4.   އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމާއި، އެ ފަރާތްތަކާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތްތައްކުރުން .

5.   އޮފީހުގެ މަސައްކަތްތަކާ ގުޅިގެން، ރަސްމީ ބޭނުންތަކުގައި، ރާއްޖޭގެ އެތެރެއާއި ބޭރުގެ ކުރަންޖެހޭ އެންމެހައި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން.

6.    ޑިޕާޓްމަންޓްއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ލޮޖިސްޓިކް އާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން.

7.    ދަތުރު ރިޕޯޓުތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓުތައް ތައްޔާރުކޮށް ރިކޯޑްސް ބެލެހެއްޓުން.

8.   ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

9.   ޑިޕާޓުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކޯޕަރޭޝަންގެ މެނޭޖްމަންޓުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Diploma
Age
18 years old+

Documents to Submit

Documents
  • 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  • 3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  • 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  • 5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  • 6. ލައިސެންސް ކޮޕީ.
  • 7. ޕޮލިސް ރިޕޯޓް

Other Information

Industries
  • Office administrative, office support and other business support activities
Occupations
  • Procurement officer
Employment Type
  • Full-Time
Published Date
21 April 2022
Expiry Date
27 April 2022