އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު: |
މެނޭޖަރ/ސީނިއަރ މެނޭޖަރ، ސްޓްރެޓީޖިކް ސަރވިސަސް |
|
ޑިޕާޓްމަންޓް: |
ސްޓްރެޓީޖިކް ސަރވިސަސް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ |
|
އަސާސީ މުސާރަ: |
މެނޭޖަރ: 8،500.00 ރުފިޔާ އާއި 9،000.00 ރުފިޔާއާ ދެމެދު ސީނިއަރ މެނޭޖަރ: 9،250.00 ރުފިޔާ އާއި 10،500.00 ރުފިޔާއާ ދެމެދު |
|
ސަރވިސް އެލަވަންސް: |
މެނޭޖަރ: 170.00 ރުފިޔާ އާއި 200.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) ސީނިއަރ މެނޭޖަރ: 230.00 ރުފިޔާ އާއި 280.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
ޙާޒިރީ އެލަވަންސް: |
މެނޭޖަރ: 250.00 ރުފިޔާ އާއި 300.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) ސީނިއަރ މެނޭޖަރ: 320.00 ރުފިޔާ އާއި 370.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އިނާޔަތްތައް: |
މީގެއިތުރުން، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
އިންސްޓިޓިއުޓްގެ ސްޓްރެޓީޖިކް ޑިޕާޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވައި ވިލަރެސް ކުރުން. އިންސްޓިޓިއުޓްގެ ދިގުމުއްދަތުގެ ސްޓްރެޓެޖިކް ތަސައްވަރު އަދި މަޤްސަދުތައް ތަންފީޒް ކުރުމަށް މަސައްކަތްކުރުން. ޕްރެޒިޑެންޓް އަދި ވައިސް ޕްރެޒިޑެންޓް އެކި ފޯރަމްތަކާއި އިވެންޓްތަކުގައި ނުވަތަ މުނާސަބަތުތަކާ ގުޅިގެން ދެއްވާ ތަޤްރީރުތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން. އިންސްޓިޓިއުޓްގެ ކައުންސިލްގެ އިދާރީ ކަންކަން ބެލެހެއްޓުން. އިންސްޓިޓިއުޓްގެ ކައުންސިލަށް ބޭނުންވާ ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން. އިންސްޓިޓިއުޓްގެ ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ނިންމައި މެންބަރުންނަށް ފޮނުވުމާއި ޔައުމިއްޔާތައް ފާސްވުމުން ޢަރުޝީފުކުރުން އަދި ފަހުން ބޭނުންވުމުންވެސް ފަސޭހައިން ފެންނާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުން. އިންސްޓިޓިއުޓްގެ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި އިވެންޓްތަކާއި ފޯރަމްތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން. އިންސްޓިޓިއުޓްގެ ޑިޖިޓަލް މާރކެޓިންގ އަދި ޕީ.އާރ ސެކްޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއެކު، މިދާއިރާއިން އިންސްޓިޓިއުޓަށް ބޭނުންވާ ކަންކަން ވިލަރެސް ކުރުން. އިންސްޓިޓިއުޓްގެ އެންމެހައި ސްޓޭކްހޯލްޑަރުންނާއި ގުޅުންބަދަހި ކުރުމަށް ކުރަންޖެހޭ ކަންތައް ދެނެގަނެ، ކަނޑައެޅިފައިވާ ސިތާސަތުގެ ދަށުން އެކަންތައްތައް ކުރުން. މޯލްޑިވްސް ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނާއި އެއާ ގުޅުންހުރި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން. ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެއްގޮތްކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ (އެބަހީ، އައިއެފްއޭސީ) ގުޅުން ބަދަހިކުރުން. ރެގިއުލޭޓަރުންނާއި، އެކަޑަމީއާއި، އޮޑިޓް ފަރުމާތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުން. އިންސްޓިޓިއުޓްގެ ޕީ.އާރް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސިޔާސަތާއި އެއްގޮތަށް ކުރިއަށް ގެންދިޔުން. ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. މަސައްކަތާއި ގުޅޭ ގޮތުން އިންސްޓިޓިއުޓުއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. |
|
މަޤާމުގެ ޝަރުތުތައް: |
މަޤާމާއި ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން)، ނުވަތަ ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ނުވަތަ މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރާއި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން). |
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް: |
ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން. އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން. |
|
މަޤާމުގެ ދާއިރާތައް: |
ބިޒްނަސް އެޑްމިނިސްޓްރޭޝަން އެކައުންޓިންގ ފައިނޭންސް ޕަބްލިކް ރިލޭޝަންސް މާކެޓިންގ ސްޓްރެޓީޖިކް މެނޭޖްމަންޓް |
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 23 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
އިތުރު މަޢުލޫމާތު: |
މި ވަޒީފާއަށް ހޮވޭ ފަރާތުގެ މަޤާމު ކަނޑައެޅޭނީ އެފަރާތުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |