އިޢުލާން ނަންބަރު: ASND-HR-IUL-2022-043
މަޤާމް: މެނޭޖަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން މެނޭޖްމަންޓް ލެވެލްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން މެނޭޖްމަންޓް ލެވެލްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ އެންމެހައި މަސައްކަތްތައް ރާވާ، ހިންގާ ބެލެހެއްޓުން.
- ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަންގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރެވިފައިވާ ޕްލޭންތަކާއި އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން. މީގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ޤާއިމްކުރުމާއި، ބިޑް ތަކުގެ އެންމެހައި ކަންކަން މޮނިޓަރ ކުރުމާއި، ޑިސްޕެޗް އަދި އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް މޮނިޓަރކުރުން.
- ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭނަށް ބިނާކޮށް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ސްޓްރަކްޗަރ އަދި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދައި، ތަރައްޤީކޮށް، އެއަށް ޢަމަލީ ސިފަގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- މުވައްޒަފުންނާ ބެހޭ ޕޮލިސީތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ މެނޭޖްމަންޓާ ޙިއްސާކުރުން.
- މުވައްޒަފުންނާ ގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެ ޤަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ޒަމާނީ ނިޒާމއެއް ޤާއިމުކޮށް، މި ނިޒާމް ހަރުދަނާކޮށް، މި ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ، މިނިޒާމަށް މުވައްޒަފުން އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައް މެނޭޖްމަންޓުގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން.
- ކުންފުނީގެ ޓްރޭނިންގ ނީޑް އެނެލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާހުރި ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/15،200 ރުފިޔާ
- ލިވިންގ އެލަވަންސް: -/4،000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/4،560 ރުފިޔާ
- އެޗް.އޯ.ޑީ އެލަވަންސް: -/5،000 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 18 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.