މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.
މަގާމް |
ސީނިއަރ އިންސްޕެކްޝަންސް އޮފިސަރ |
މަޤާމް ނަމްބަރު: |
J-347673 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންސްޕެކްޓަރޭޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް |
މުސާރަ: |
-/7035 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
އެހެނިހެން އެލެވަންސް: |
1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ |
2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35 |
|
3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
|
4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28 ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ހިޔުމަން ރިސޯސް ހިޔުމަން ރިސޯސް މެނޭޖްމަންޓް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
|
1. މިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާ ރެގިއުލޭޓް ކުރަންޖެހޭ ވިޔަފާރިތަކުގެ އިންސްޕެކްޝަންތައް ސުޕަވައިޒަރުގެ ލަފަޔާއެކު ރަވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން. 2. މިމިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާއި، ވިޔަފާރިކުރާ ތަންތަނާއި ޚިދުމަތްދޭ ތަންތަން، މުދައު ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޢަމަލްކުރަންޖެހޭ ކަންކަމަށް ޢަމަލު ކުރަމުން ގެންދޭތޯ ބެލުމަށް އިންސްޕެކްޝަން ތައް ރާވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން. 3. ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ހުއްދަތަކާއި ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ތަންތަން މޮނިޓަރކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި ބިދޭސީންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިންސްޕެކްޝަންތައް ރާވާ ހިންގުމާއި އިންސްޕެކްޝަންތަކުގައި އަމަލީގޮތުން ބައިވެރިވުން. 4. ބާޒާރުގެ އަގުތައް މޮނިޓަރ ކުރަން ޖެހިއްޖެ ހިދެއްގައި މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތައް ނެގުމުގެ މަސައްކަތްކުރުން. 5. މިނިސްޓްރީއަށް ހުށަހެޅޭ ކޮންސިއުމަރ މައްސަލަތަކާއި ގުޅިގެން ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓް ކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަޑައަޅާ އުޞޫލުތަކެއްގެ މަތިން އެ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރުން. 6. އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގަނީ އެމްޕްލޯއިމަންޓް އެޖެންސީ ރެގިއުލޭޝަނާއި އެއްގޮތަށްތޯ ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރިޔަށް ގެންދިއުން. 7. ސުޕަވައިޒަރުގެ ލަފަޔާއެކު މިނިސްޓްރީގެ އިންސްޕެކްޓޮރޭޓް ސެކްޝަނުން އިންސްޕެކްޝަންތައް ހިންގުމަށް ތައްޔާރުކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކޮށް އިންސްޕެކްޝަންތައް ކުރިއަށްދަނީ އެސް.އޯ.ޕީއާއި އެއްގޮތަށްތޯ ބެލުމާއި އިންސްޕެކްޝަންތަކުގެ މަޢުލޫމާތު ހިމެނޭ ރިޕޯރޓްތައް ސިސްޓަމަށް އަޅާ ޤަވާޢިދުން އަޕްޑޭޓްކުރުމުގެ މަސައްކަތްކުރުވާ މޮނިޓަރކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
|
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: · އެކައުންޓިންގ · އެޕްލައިޑް މެތަމެޓިކްސް · ބިޒްނަސް އެޑްމިނިސްޓްރޭޝަން · ބިޒްނަސް މެނޭޖްމަންޓް · އިކޮނޮމެޓްރިކްސް · އިކޮނޮމިކްސް · ފައިނޭންސް · ހިޔުމަން ރިސޯސް މެނޭޖްމަންޓް · ލޯ · ސްޓެޓިސްޓިކްސް
ޕްރިފަރޑް ޑިސިޕްލިން: ނެތް
ކޯ ޑިސިޕްލިން:
ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ. |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: · އިކޮނޮމިކް ޑިވެލޮޕްމަންޓް |
JOB OFFER & ACCEPTANCE FORMAPPLICATION FORM