Jobs

Salary
MVR 5,500 - MVR 15,275
Employment Type
Contract
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 5,500 - MVR 15,275
Job Description

ނަންބަރު: 22(IUL)462/HR/1/2026/

ވަޒީފާގެ ފުރުޞަތު

މަޤާމް:

އިންވެސްޓިގޭޝަން އޮފިސަރ -  ވަގުތީ

ކްލެސިފިކޭޝަން:

އޮފިސަރ (ޖީ.އެސް-3)

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާގެ މުއްދަތު

ވަޒީފާދޭ ދުވަހުން ފެށިގެން 24 އޮގަސްޓް 2026 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

5,500.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (2,475.00 ރުފިޔާ)

އިންވެސްޓިގޭޝަން އެލަވަންސް

3,300.00 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

1. ކޮމިޝަނުން އެކިއެކި މައްސަލަތައް ބަލައި ތަޙްޤީޤުކުރުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި، ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނުގެ ޤާނޫނަށް ޢަމަލުކުރުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުމާ ގުޅޭ މަސައްކަތް ކުރުން.

2. ތަޙްޤީޤު ކުރަންޖެހޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ތަޙްޤީޤު ނިމޭ މައްސަލަތަކުގެ ރިޕޯޓްތައްޔާރުކުރުން. 

3. ތަޙްޤީޤު ކުރާ މައްސަލަތަކާގުޅޭގޮތުން އެކި ފަރާތްތަކުން ހޯދަންޖެހޭ އެންމެހާ ލިޔެކިޔުން ހޯދުމާއި ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުން.

4. ތަޙްޤީޤު ތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުމާ ދަތުރާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

5. ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާ ހިންގުމާ އެއިރަކު ޙަވާލުވެ ހުންނަވާ ވަޒީރަކު ހުށަހަޅާ މައްސަލަތަކާއި އެހެނިހެން މުއައްސަސާތަކުން ހުށަހަޅާ މައްސަލަތަކާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު ކޮމިޝަނުން ނެރޭ ރިޕޯޓު ނުވަތަ އަމަލުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ހުށަހެޅުމާއި ކަމާގުޅޭ ދައުލަތުގެ އިދާރާތަކަށް އަންގަންޖެހޭ ކަންކަން އެ އިދާރާތަކަށް އެންގުމާއި، މިފަދަ މައްސަލަތަކާ ގުޅިގެން އިތުރަށް ކުރަންޖެހޭ މަސައްކަތް ކުރުން. 

6. ކޮމިޝަނުގައި ތަޙްޤީޤުކުރެވެމުންދާ މައްސަލަތަކާއި ޝަކުވާތަކާ ގުޅޭ ވީޑިއޯ، ފޮޓޯ އަދި އޯޑިއޯ ފަދަ ތަކެއްޗާއި ޑޮކިއުމަންޓްތައް އެނަލައިޒްކުރުމާއި އެކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި މިފަދަކަންކަމުގައި ތަޙްޤީޤުތަކަށް އެހީތެރިކަން ފޯރުވައި ދިނުން. 

7. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން ނުވަތަ

2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ގުޅޭ ތައުލީމީ ދާއިރާތައް:

1. ޤާނޫނު

2. ޝަރީޢަތާ ޤާނޫނު

3. އިންވެސްޓިގޭޝަން

4. ލޯ އެންފޯސްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ވެބްސައިޓް: https://nic.gov.mv))

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް)

3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ސަރުކާރަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)    

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު (އަހަރާއި، މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި، މަހާއި، ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: 5 ޕޮއިންޓް
  3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  4. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް: 20 ޕޮއިންޓް
  5. އިންޓަރވިއު: 35 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2026 މެއި 3 އިން 14 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

1. މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެ މީހަކު މަސައްކަތް ކުރި ގޮތާއި މަސައްކަތުގެ އަޚްލާޤާ ގުޅޭގޮތުން ރިފޯޓެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒެއް ނުކުރާނަމައެވެ.

2. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް  https://nic.gov.mv/dv/downloads  އިން ލިބެން ހުންނާނެއެވެ. 

3. މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާތައް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ  ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (ދެވަނަ އިޞްލާޙު) ގައި ބަޔާންކޮށްފައިވާނެއެވެ. 

   

                        2 ޛުލްޤައިދާ 1447

                        20 އޭޕްރީލް 2026

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • 1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ވެބްސައިޓް: https://nic.gov.mv))
  • 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  • 3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 4. ސަރުކާރަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • (ހ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު (އަހަރާއި، މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ) ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި، މަހާއި، ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

Other Information

Industries
  • Office administrative, office support and other business support activities
Employment Type
  • Contract
Field of work
  • Business Administration and Law
Skills Required
  • Administration
  • Business knowledge
  • Investigation

Login to apply for this job

Published Date
21 April 2026
Expiry Date
28 April 2026
Apply Now