Jobs

Salary
MVR 6,295+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 6,295+
Job Description
  • މަގާމް:
    • ހިއުމަން ރިސޯސް އޮފިސަރ
  • މަޤާމް ނަމްބަރު:
    • J-347704
  • ބޭނުންވާ އަދަދު:
    • 1
  • މަޤާމުގެ ގިންތި:
    • ދާއިމީ
  • މަޤާމުގެ ރޭންކް:
    • އެމް. އެސް. 2
  • މަޤާމުގެ ކްލެސިފިކޭޝަން:
    • ޓެކްނިކަލް އޮފިސަރ ގްރޭޑް 2
  • ވަޒީފާ އަދާކުރަން ޖެހޭ ތަން:
    • ހިއުމަން ރިސޯސް ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
  • މުސާރަ:
    • -/6،295 ރުފިޔާ
  • ސަރވިސް އެލަވަންސް:
    • -/2،000 ރުފިޔާ
  • އެހެނިހެން އެލެވަންސް:
    1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
    2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
    3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
    4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
    5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ހިޔުމަން ރިސޯސް މެނޭޖްމަންޓް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ.

  • މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
    1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލްގެ މަސައްކަތްތައް ކުރިއަށްދަނީ ރަގަޅަށްތޯ ބަލާ އެކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
    2. މަސައްކަތުގެ ފެންވަރު ބެލުމާއި ބެހޭގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެމައްސަލައެއް ޙައްލުކުރުމަށް މަސައްކަތް ކުރުން
    3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލޭނެގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ކުރުން
    4. މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކާއި ވަޒިފާ ދޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި ލިއެކިއުންތައް ބެލެހެއްޓުން
    5. މުވައްޒަފުން ވަޒީފާއަށް ވެއްދުމަށްކުރެވޭ އިޢުލާނާއި އިންޓަރވިއުގެ ކަންތައްތައް ކުރުން
    6. މަޤާމް އުފެއްދުމާއި އުވާލުން، މުވައްޒަފުން ވަޒީފާ އަށް ވެއްދުމާއި ވަކި ކުރުން އަދި ބަދަލު ކުރުމުގެ މަސައްކަތްތައް ސިވިލް ސަރވިސް ގެ ޤަވާޢިދާއި އެއްގޮތަށް ވިއުގައި ގެ ތެރެއިން ކުރުން
    7. އަލަށް މިނިސްޓްރީއަށް ވައްދާ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުމާއި ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކުރުން
    8. މިނިސްޓްރީއަށް ވައްދާ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ވެއްދުމާއި ވަކިކުރުމުގެ މަސައްކަތްތައް ކުރުން
    9. މުވައްޒަފުންގެ ރަޖިސްޓްރީ އަދި މަޤާމުތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
    10. މުސާރަ ޖެނެރޭޓް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތުގައި އެހީތެރިވުމާއި މުސާރަ ޗެކްކުރުން
    11. ހިއުމަން ރިސޯސް ސޮފްތްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި ހާޟިރީއާއި އޯވަރޓައިމްތައް ޗެކްކޮށް އެޕްރޫވްކުރުން އަދި SAP އަށް އަޅަންޖެހޭ ޑޭޓާތައް އެޅުމާއި ދުވަހުން ދުވަހަށް ހާޒިރީ ބެލެހެއްޓުމާއި އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން
    12. މުވައްޒަފުންގެ ސަލާމާއި، އާއިލީ ޒިންމާ އަދި އަހަރީ ޗުއްޓީގެ އިތުރުން އެހެނިހެން ޗުއްޓީގެ މަސައްކަތްތައް ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ކުރުން
    13. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ސިވިލް ސަރވިސްގެ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި މުވައްޒަފުންނާބެހޭގޮތުން އަމަލުކުރަމުންދާ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުމުގެ ކަންތައްތައް ކުރުން
    14. ހުރިހާ މުވައްޒަފުންގެ ޢަމަލުތައް ސިވިލް ސަރވިސް ޤާނޫނުގެ ކޯޑް އޮފް ކޮންޑަކްޓާއެއްގޮތްވާގޮތުގެ މަތިން ބަލަހައްޓަމުން ގެންދިއުން.
    15. މުވައްޒަފުންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭނުންވާ ޓްރެއިނިންގތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގުމާއި ޓްރެއިނިންގ ދެވޭނެގޮތްތައް ހޯދުމާއި ޓްރެއިނިންގތައް ދިނުމުގެ ކަންތައްތައް ކުރުން
    16. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާއި ކޮމިޓީގެ ސަބް ޕެނެލްތަކުގެ ބައްދަލުވުންތަކުގެ އިދާރީ ކަންތައްތައް ބަލެހެއްޓުން
    17. މުވައްޒަފުންގެ މެދުގައި މަސައްކަތައް އަބަދުވެސް ޝަޢުޤުވެރިކަން އުފެއްދުމަށާއި ދެމެހެއްޓުމަށްޓަކައި އިޖްތިމާޢީ އެކިއެކި ޚަރަކާތްތައް އިންތިޒާމުކޮށް ހިންގުން
    18. އެޗްއާރު އަށް އަންނަ ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބު ދިނުމާއި ފައިލް ކުރުން އަދި އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން
    19. ސެކްޝަނުން ޢާންމުންނަށާއި އަދި އިންޓަރނަލްކޮށް އޮފީހުގެ އެހެން ސެކްޝަންތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަށާއި އަދި ސެކްޝަނުންކުރާ ހުރިހާ މަސައްކަތްތަކަށް ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs) ތައްޔާރުކޮށް މި ޕްރޮސީޖަރސްތަކާއި އެއްގޮތަށް ސެކްޝަންތަކުގެ ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.
  • މަޤާމުގެ ޝަރުޠުތައް:
    • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
      • މަޤާމުގެ ތަޢުލީމީ ރޮނގުތައް:

        • ބިޒްނަސް އެޑްމިނިސްޓްރޭޝަން
        • ބިޒްނަސް މެނޭޖްމަންޓް
        • ހިޔުމަން ރިސޯސް މެނޭޖްމަންޓް
        • ޕަބްލިކް އެޑްމިނިސްޓްރޭޝަން
      • ޕްރިފަރޑް ޑިސިޕްލިން: ނެތް

      • ކޯ ޑިސިޕްލިން:

        • ހިޔުމަން ރިސޯސް މެނޭޖްމަންޓް

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

      • މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

        • ހިޔުމަން ރިސޯސް
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
    • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
  • މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
    • މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖޫން 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

    • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • ޝޯޓްލިސްޓް ކުރުން:
    • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  • މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
    • މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2022 ވަނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
  • "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން
    • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Bachelor’s Degree

Documents to Submit

Documents
  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  • ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

Other Information

Industries
  • Employment activities; Employment agencies, recruitment services
Occupations
  • Human Resource Administrator
Employment Type
  • Full-Time
Skills Required
  • Administration
  • Human resource management
  • Management