އިޢުލާން ނަންބަރު: ASND-HR-IUL-2022-049
މަޤާމް: އެސިސްޓެންޓް ޓެކްނިޝަން
ބޭނުންވާ އަދަދު: 1
ޑިޕާޓްމަންޓް/ސެންޝަން: އިންފޮމޭޝަން ސިސްޓަމްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 (އެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހުރިހާ އިންޓަރނަލް/އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.
- ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނިޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން
- އަލަށްނެޓްވޯކާ ގުޅަންބޭނުންވާ ކޮންޕިއުޓަރު، ޕްރިންޓަރު، ކެމެރާ އަދި އެކިއެކި ބާވަތްތަކުގެ ޑިވައިސްތަ ނެޓްވޯކްއަށް ގުޅައިދިނުމާއި، އަލަށް ނެޓްވޯކް އަޅަންޖެހޭތަނަށް ނެޓްވޯކް އަޅައިދިނުން.
- ޕްރިންޓަރު އަދި މިކަމާގުޅުންހުރި ހާރޑްވެއަރގެ އެކިއެކި ބާވަތްތަކުގެ ޑިވައިސްތަކާއި ގެޖެޓްތަކަށް ދިމާވާ މައްސަލަ ބަލައި ރަނގަޅުކުރުން
- ސިސްޓަމަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލް ކޮށްދިނުމާއި އެންޓިވައިރަސް އަޅައި އަޕްޑޭޓްކޮށް ބަލެހެއްޓުން
އެހެނިހެން ހުނަރު:
- ނެޓްވޯކް އަދި ހާރޑްވެއެރ މައްސަލަތައް ޙައްލުކުރަން އެނގުން
- މައިކްރޯސޮފްޓް ނުވަތަ ސިސްކޯ ޕްރޮފެޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- މައިކްރޮސޮފްޓް ސަރވަރ/ކްލައިންޓް ސިސްޓަމްސް އަދި ލިނަކްސް ސިސްޓަމްސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- ވީ.އެމް ވެއަރ ވަރޗުއަލައިޒޭޝަން ޕްލެޓްފޯރމްސް، ސިސްކޯ، އަދި ސެންޓްރަލީ މެނޭޖް ކޮށްފައިވާ ވައި-ފައި ނެޓްވޯކްސް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
- އިނގިރޭސިއާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުމާއި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/5000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/1750 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.