އިޢުލާން ނަންބަރު: ASND-HR-IUL-2022-033
މަޤާމް: އެސިސްޓެންޓް ޖެނެރަލް މެނޭޖަރ / ޖެނެރަލް މެނޭޖަރ
ބޭނުންވާ އަދަދު: 01
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް އަދި ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް ބެލެހެއްޓުން.
- ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ކުރުވުން.
- ޑިޕާޓްމަންޓްތަކުގެ އަހަރީ އެކްޝަން ޕްލޭން މޮނިޓަރ ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ ޙައްލުކުރުމުގައި އެހީތެރިވެދިނުން.
- ކުންފުނި ހިންގުމުގައި މެނޭޖިންގ ޑައިރެކްޓަރ އަދި އެގްޒެކެޓިވް މެންބަރުންނާއި ބައިވެރިވެ އެއްބާރުލުން ދިނުން.
- ކުންފުނި ހިންގުމުގައި ހާލަތުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއެއް ސާބިތުކަމާއެކު އަދާކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، ތަފާތު އެކިއައިޓީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ސޮފްޓްވެއަރ އިންޖިނިއަރިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ނެޓްވާރކިންގ އަދި ސެކިއުރިޓީގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
- އެޗް. އާރް، މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ހިންގުމުގެ ދާއިރާގައި ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެވެ
- ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް : މަހަކު -/36،000 ރުފިޔާއާއި -/47،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
ކުރިމަތިލުމުގެ ސުންގަޑި: 31 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.