އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު: |
އެސިސްޓަންޓް އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ |
|
ސެކްޝަން: |
މެމްބަރޝިޕް އެންޑް ލައިސެންސިންގ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ |
|
އަސާސީ މުސާރަ: |
4،500.00 ރުފިޔާ އާއި 5،000.00 ރުފިޔާއާ ދެމެދު |
|
ސަރވިސް އެލަވަންސް: |
70.00 ރުފިޔާ އާއި 80.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
ޙާޒިރީ އެލަވަންސް: |
85.00 ރުފިޔާ އާއި 95.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އިނާޔަތްތައް: |
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
· އިންސްޓިޓިއުޓުގެ މެމްބަރޝިޕް އެޕްލިކޭޝަންތައް އަދި އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން. · އޮޑިޓް ލައިސެންސިންގ އެޕްލިކޭޝަންތައް އަދި ލައިސަންސް އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން. · އިންސްޓިޓިއުޓުގެ މެމްބަރުންނާއި އޮޑިޓަރުންނާ ގުޅޭ ކަންކަމުގައި އެޑްމިޝަން އެންޑް ލައިސެންސިންގ ކޮމިޓީއަށް އެހީތެރިވުން. · އިންސްޓިޓިއުޓްގެ މެމްބަރޝިޕް އަދި ލައިސެންސިންގ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. · ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތާވަލު އިންތިޒާމުކޮށް ބެލެހެއްޓުން. · ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އެޖެންޑާ، ބައްދަލުވުމުގެ ނޯޓިސް، ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ޔައުމިއްޔާ، ދިރާސާ ކަރުދާސް އަދި އެހެނިހެން ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން. · އިންސްޓިޓިއުޓުގެ ކައުންސިލްގެ އެންޑޯޒްމަންޓް ހޯދުމަށް ބޭނުންވާ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއެކު މަސައްކަތްކުރުން. · ކޮމިޓީތަކުގެ ވޯކްޕްލޭން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއި މެނޭޖްމަންޓާއެކު ގާތުން މަސައްކަތްކުރުން. · އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، އިންސްޓިޓިއުޓުން ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން. · އިންސްޓިޓިއުޓަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން. · އިންސްޓިޓިއުޓްގެ މުހިންމު ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންސްޓިޓިއުޓްގެ މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. · އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ. |
|
މަޤާމުގެ ޝަރުތުތައް: |
· މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ · މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ · ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް: |
· އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން. · އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން. · މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން. · ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން. · އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
· ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" · ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) · ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ · އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 23 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |