Jobs

Salary
MVR 7,495 - MVR 13,865
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 7,495 - MVR 13,865
މުސާރަ: މަހަކު 7495.00 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 2998.00 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 3372.75 ރުފިޔާ

އިތުރު އިނާޔަތްތައް:
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
Job Description

މަގާމު:  އިމަރޖެންސީ ރެސްޕޯންސް އޮފިސަރ

  ބޭނުންވާ އަދަދު: 01     

މަޤާމުގެ ބާވަތް: ދާއިމީ          

މަޤާމުގެ ރޭންކް: DMT2-1 

ސެކްޝަން / ޔުނިޓް:  އިމަރޖެންސީ މެނޭޖްމަންޓް    

އޮފީސް:  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

 

މަގާމުގެ ޝަރުތުތައް:

  1.  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1.      މާލެ ސަރަހައްދުގައި ހިނގާ ހާދިސާތަކަށް އިޖާބަ ދިނުން

2.      ރަށްރަށުގައި ހިނގާ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ރަށުކައުންސިލްތަކާއި ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ކޯޑިނޭޓްކުރުން

3.      ކާރިސާ/ހާދިސާތަކުގެ ސަބަބުން ޙާލުގައިޖެހޭ ފަރާތްތަކަށް،  ސަރުކާރުން ކަޑައަޅާފައިވާ އުސޫލުތަކުގެ މަތީން ދޭންޖެހޭ އިންސާނީ އެހީތެރިކަން ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން

4.      ކާރިސާތަކުން ލިބޭ ގެއްލުންތައް އަންދާޒާކުރުމަށް ޑެމޭޖް އެސެސްމަންޓްތައް ހެދުމާއި އެހީދިނުމުގެ ކަންކަން ނިންމުމަށް އެމެޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމެޓީގެ މީޓިންތައް ޤަވައިދުން ކުރިއަށް ގެންދިޔުން

5.      ކާރިސާގެ މަޢުލޫމާތު (ދުރާލާ އިންޒާރު) ރަށްތަކަށާއި ސަރަޚައްދުތަކަށް ފެތުރުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުން

6.      ކާރިސާތަކާއި ހާދިސާތަކާއި ގުޅިގެން އެހީއަށް އެދި ޢާންމު ފަރާތްތަކާއި ކައުންސިލްތައް އަދި އެހެނިހެން ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޤަވައިދުން ޖަވާބުދާރީވުން

7.      ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުން

8.       މި އޮތޯރިޓީގެ އޮންކޯލް ޓޭބަލް ތައްޔާރުކުރުން

9.      ކާރިސާތަކާއި ގުޅޭ އެންމެހާ މައުލޫމާތު ބެލެހެއްޓުން

10.  ފުރަތަމަ އިޖާބަދޭ ފަރާތްތަކާއި ނާޒުކު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިޖާބަދިނުމުގެ ޤާބިލްކަންއިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ސުޕަވައިޒަރުގެ އިރުޝާދާއިއެކު އެހީ ތެރިކަން ފޯރުކޮށްދިނުން

11.  ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތަކަށް   ސުޕަވައިޒަރުގެ އިރުޝާދާއިއެކު އެހީ ތެރިކަން ފޯރުކޮށްދިނުން

12.  ރާއްޖެއާއި ރާއްޖެއިންއިން ބޭރުން ލިބޭ ޓްރޭނިންގތަކުގައި ބައިވެރިވުމާއި، ވޯކްޝޮޕް، ސެމިނަރތަކުގައި ބައިވެރިވުމާއި، އެފަދަ ހަރަކާތްތައް ހިންގުމުގައި އެހީތެރިވުމާއި މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 

މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 28 ޖަނަވަރީ 2026 ބުދަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ފެބުރުވަރީ 2026 އިން 05 ފެބުރުވަރީ 2026  އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

Requirements and Qualifications

Minimum Experience
1 Year
Minimum Qualification
Diploma

Documents to Submit

Documents
  • 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • 5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • 7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

Other Information

Industries
  • Public Administration and defense; compulsory social security
Employment Type
  • Full-Time
Field of work
  • Services
Published Date
21 January 2026
Expiry Date
28 January 2026