|
1. ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
2. މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
3. ކާރިސާއެއްގެ ކުރިން، ރަށްތަކަށް ކުރިމަތިވެދާނޭ ކާރިސީ ހިރާސްތައް ދެނެގެ ގެއްލުން ކުޑަކުރުމާއި ގުޅޭ އެންމެ މައުލޫމާތު ރަށްތަކާއި ހިއްސާކުރުމާއި، ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަހައްދުތަކަށް ދިނުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
4. ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.
5. ރާއްޖޭގެ ރަށްތަކަށް ކާރިސީ ހިރާސް އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އެސެސްމެންޓްތައް، ރަށު ކައުންސިލްތަކާއި، ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ތައްޔާރު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.
6. ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ސުޕަވައިޒަރުގެ އިރުޝާދާއިއެކު ރާއްޖޭގެ ރަށްރަށުގައި ހިންގުން.
7. ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
8. ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެންމެހާ އެހީތެރިކަމާ އެންބާރުލުން ދިނުން.
9. ރާއްޖެއާއި ރާއްޖެއިން ބޭރުން (ޑިޒާސްޓަރ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއިގުޅޭ) ލިބޭ ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަމުގެ ތަމްރީނު ލިބި އެކަމާއިގުޅޭ ޓްރޭނިންގތައް ހިންގައި މީހުން ބިނާކުރުމުގެ މަސައްކަތް ކުރުން.
10. ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ރައްޔިތުންގެ ތެރޭގައި އިތުރުކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގާނޭ ވަސީލަތްތައް ގާއިމުކޮށް މަޢުލޫމާތު ރައްޔިތުންނަށް ޙިއްސާކުރުން، އަދި މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|