Jobs

Salary
MVR 10,640+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 10,640+
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
Job Description

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

އެންޓްރީ އެންޑް ޑިސްޕެޗް / އިދާރީ / ހިއުމަން ރިޒޯސަސް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/10,640 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

-   މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

-      ދިވެހިރައްޔިތެއް ކަމުގައިވުން؛

-   ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1.   ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން؛

2.   ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛

3.   ކައުންސިލުގެ ހިޔުމަން ރިސޯސަސްގެ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުން؛ އެގޮތުން، ބާ ކައުންސިލަށް މުވައްޒަފުން ނެގުމާއި، އިންޑަކްޝަން އާއި، މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީ ސަލާމާ، އަދި މިނޫންވެސް ސްޓާފް ރެކޯޑާގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން؛

4.   ހިއުމަން ރިޒޯސަސްއާބެހޭ ތަފާސް ހިސާބުތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކި ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން؛

5.   ކައުންސިލުން ބައިވެރިވާ/ އިންތިޒާމްކުރާ ޖަލްސާތަކާއި ދަތުރުތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން؛

6.   އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން؛ އަދި

7.   ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1.   ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.

2.   މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).

3.   އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

4.   މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.

5.   ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.

6.   މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)

7.   ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 އިތުރު މަޢުލޫމާތު

-      މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

-      މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

-      މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

-      ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

-      މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގެ ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

 

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Bachelor’s Degree

Documents to Submit

Documents
  • 1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  • 2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
  • 3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • 4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  • 5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  • 6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  • 7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

Other Information

Industries
  • Legal and accounting activities
Employment Type
  • Full-Time