މަސްއޫލިއްޔަތުތައް:
• އެޗްއާރުގެ މަސައްކަތްތަކާއި ވާޖިބުތައް ދުވަހުން ދުވަހަށް ހިންގުމުގައި އެހީތެރިވުން.
• ބޭނުންވާ ހުރިހާ އެޗްއާރު ސިޓީތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހެޅުން.
• މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި، ހާޒިރީއާއި، މުވައްޒަފުންގެ ބަދަލުތައް ބެލެހެއްޓުން.
• ކޮންމެ މުވައްޒަފެއްގެ މާސްޓަރ ޑޭޓާބޭސް ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން.
• އެކްސްޕެޓް އޮންލައިން އަދި އެހެނިހެން އެޗްއާރު އޮންލައިން ޕްލެޓްފޯމްތަކާ ގުޅޭ ތަޖުރިބާ ހޯދުން.
• މުވައްޒަފުންގެ މެޑިކަލް، އިންޝުއަރެންސް، ޓިކެޓިންގ، ބޭންކިންގ، އަދި ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
• އިމިގްރޭޝަން، މިނިސްޓްރީ، އަދި އެހެނިހެން ސަރުކާރާ ގުޅުންހުރި މަސައްކަތްތައް ކުރުން.
• އެހެނިހެން އެޗްއާރުގެ އިދާރީ މަސައްކަތްތައް ކުރުން.
• ހުރިހާ މަޤާމުތަކުގެ ވަޒީފާގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް އަޕްޑޭޓްކޮށް، ވަޒީފާގެ އޮނިގަނޑު ބެލެހެއްޓުން.
• އެޗްއާރުގެ ސިޔާސަތުތަކާއި، އިޖުރާއަތުތަކާއި، ޕްރޮގްރާމްތަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުން.
• ޤާނޫނީ ލިޔެކިޔުންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
• މައްސަލަތަކުގެ ވަގުތު، ސުންގަޑި އަދި ފައިލްކުރުންތައް ބެލެހެއްޓުމުގައި އެހީތެރިވުން.
• އަންނަ އަދި ފޮނުވާ މެއިލްތައް ތަރުތީބުކޮށް ބެހުން.
• މުވައްޒަފުންގެ އެއްބަސްވުންތައް ވަގުތުން އަޕްޑޭޓްކުރުން.
• ބިދޭސީ މުވައްޒަފުންގެ ވާރކް ޕަރމިޓް އަދި ވިސާއާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
• މުވައްޒަފުންގެ މަހުގެ ހާޒިރީއާއި މުސާރަ ސްލިޕް ތައްޔާރުކުރުން
• ކުންފުނީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެ، އެކަންކަމާ ގުޅޭ ހުރިހާ ކަމެއްގައި މައުލޫމާތު ދޭ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން
• ވަޒީފާ ދިނުމާއި ވަކިކުރުމުގެ ކަންތައްތައް ކުރުން
________________________________________
ޝަރުތުތައް:
• އޯލެވެލް / ޑިގްރީ / ޑިޕްލޮމާ އިން އެޗްއާރު ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން
• 1-2 އަހަރުގެ ސާބިތުވެފައިވާ ރެކޯޑެއް އަދި/ނުވަތަ އެޗްއާރު އަދި އިދާރީ ދާއިރާގެ ތަޖުރިބާ
• މަސައްކަތަށް ހާޒިރުވުމާއި ގަޑިއަށް ފަރުވާތެރިވުން ލާޒިމުވާނެ
• އެމްއެސް އޮފީސް އަދި/ނުވަތަ އެހެނިހެން އެޗްއާރާ ގުޅުންހުރި ސޮފްޓްވެއަރތަކުގައި ހުނަރުވެރިކަން، އެކްސްޕެޓް އޮންލައިން ހިމެނޭގޮތަށް
• އިނގިރޭސި އަދި ދިވެހި ބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން ލާޒިމު
• ޕްރޮފެޝަނަލް އަދި ދެމެހެއްޓެނިވި އުޅުމަކާއެކު އެކަމަށް އެކަށޭނަ އެޕްރޯޗެއް ގެންގުޅުން
• އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރުމުގެ ޤާބިލުކަމާއެކު، ރަނގަޅަށް އިސްކަންދޭންޖެހޭ ކަންކަމަށް އިސްކަންދިނުމުގެ ހުނަރު
• މުސްތަޤިއްލުކޮށް އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން
• ޓީމް ސްޕިރިޓް އާއެކު މަތީ ފެންވަރެއްގައި ވަފާތެރިކަމާއެކު އަވަސް މާހައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން
________________________________________
މުސާރައާއި ޢިނާޔަތްތައް:
• ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި މުސާރަ ކަނޑައެޅޭނެ
• މަސައްކަތުގެ މިންވަރަށް ބަލައި ބަދަލުވަމުންދާ އެލަވަންސް
• ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މިންގަނޑުތަކާ އެއްގޮތަށް ޢިނާޔަތްތަކާއި ޙައްޤުތައް
________________________________________
އެޕްލިކޭޝަން ޕްރޮސެސް:
ބޭނުންވާ ޝަރުތުތަކާއި ތަޖުރިބާ ހުރި ޝައުޤުވެރިވާ ފަރާތްތަކުން ސީީވީ، ސެޓްފިކެޓްތަކުގެ ކޮޕީ، އައިޑީ ކާޑު/ޕާސްޕޯޓް ކޮޕީއާއެކު 15 ޖޫން 2025 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.
ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަވިއުއަށް ގުޅާނެއެވެ.