ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް
ދިވެހިސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ސަޕޯޓް ސްޓަފުން ބޭނުންވެއެވެ. އެގޮތުން ސްޓާފުންގެ ގޮތުގައި ޖުމްލަ 3 ފަރާތެއް ނެގުމަށް ހަމަޖެހިފައިވެއެވެ.
| މާޤާމުގެ ނަން | ސަޕޯޓް ސްޓާފް | 
| ޢަދަދު | 3 | 
| ތަޢުލީމީ ފެންވަރު | އޭލެވެލް އިންތިހާނުން ތިން މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، 'ހަޔަރ ސެކަންޑަރީ ސެޓްފިކެޓް' އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. | 
| ޝަރުތު: 
 | - އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން. - ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން. - ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން. - ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމާއި ޓައިޕްކުރަން އެނގޭ ފަރާތެއްކަމުގައިވުން. - މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން. (ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމުގައި ކުރިން އުޅެފައިވާ ފަރާތްތަކާއި، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.) | 
| މައިގަނޑު މަސްއޫލިއްޔަތުތައް: | - ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ކޮމްޕޮނެންޓްI އަދި ކޮމްޕޮނެންޓް II ގެ އިދާރީ ކަންކަންކުރުން. - އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ "ޑޭޓާ ކްލީނިންގ" ގެ މަސައްކަތްކުރުން - ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން. - އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން. | 
| އެލަވަންސް: | މަހަކު -/7000 ރުފިޔާ | 
| ސުންގަޑި | 13 ސެޕްޓެމްބަރ 2021، 12:00 ގެ ކުރިން | 
އިންކަމް ސަޕޯޓް އެލަވަންސް ގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނު ގެޒެޓުކުރެވޭތާ 5 ދުވަސް ތެރޭގައި މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންވީ ލިޔެކިޔުންތައް: މަޢުލޫމާތު ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00-14:00 ދެމެދު މިނިސްޓރީގެ ރިސެޕްޝަން ގެ ނަންބަރު 3323668 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.