މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ
ޑިޕާޓްމަންޓް: ޑޭޓާ އެންޑް އެޕްލިކޭޝަން
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ދާއިމީ ( 01 އަހަރުގެ ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަން އާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ރަގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ)
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:
- ސޮފްޓްވެއަރ އިންޖީނިއަރިންގ، އިންފޮމޭޝަން ޓެކްނޮލަޖީ ނުވަތަ ބިޒްނަސް އިންފޮމޭޝަން ޓެކްނޮލަޖީ ގެ ދާއިރާއިން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފިޝަނަލް ސެޓްފިކެޓްއެއް ހާޞިލްކޮށްފައިވުން.
- ސޮފްޓްވެއަރ ޑިވެލޮޕްމެންޓްގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޕީއެޗްޕީގެ ދާއިރާއިން 3 އަހަރަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން
- މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބެކް އެންޑް ޑިވެލޮޕްމަންޓް ފްރޭމްވޯކް އަދި ޓޫލްސްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މިމަޤާމުގެ މަސްއޫލިއްޔަތު ތަކުގެ މަޢުލޫމާތު މިއިއުލާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކުރެވިފައި އެވަނީއެވެ، އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް
- ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއިއެކު ހިމަނާފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ކޮޕީ
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ)
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ޕޮލިސް ރިޕޯޓް (04 މަސް ނުވާ)
- ސޮއި ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" ގައިވާ ޗެކްލިސްޓް
ނޯޓް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
- މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
- މި މަޤާމުގެ ތަޖުރިބާގެ ގޮތުގައި ކަނޑައެޅިފައިވާ 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ބެލޭނީ، ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުންތަކަކުންނެވެ.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތަކަށެވެ.
އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު
މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު 11 ޖުލައި 2021 އިން 15 އޮގަސްޓް 2021 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު އޮންނާނީ، މި އޮފީހުންއިން ކަނޑައަޅާ މެމްބަރުން (މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.)
24 ޖޫން 2021