|
މަޤާމް: |
ސީނިއަރ އޮފިސަރ / އައި.ޓީ ޑިޕަރޓްމަންޓް |
|
ވަޒީފާގެ ބާވަތް |
ދާއިމީ |
|
މަސައްކަތް ކުރަންޖެހޭ ތަން |
އައި.ޓީ ޑިޕާރޓްމަންޓް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ |
|
އަސާސީ މުސާރަ |
-/6,500 ރުފިޔާ އާއި -/8,000 އާ ދެމެދު |
|
ފިކްސްޑް އެލަވަންސް |
-/5,000 ރުފިޔާ |
|
ކެޕިޓަލް މާރކެޓް އެލަވަންސް |
ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ |
|
ޑެއިލީ އެލަވަންސް |
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ |
|
އިތުރުގަޑީގެ ފައިސާ |
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ބޭނުންވާ އަދަދު |
01 (އެކެއް) |
|
މަޤާމުގެ ޝަރުތު |
● މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ ● މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
|
މައިގަނޑު މަސައްކަތާއި ޒިންމާތައް |
● ސީއެމްޑީއޭގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކޮށް ބެލެހެއްޓުން. ● ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ އެންމެހާ މަރުހަލާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން. ● ސޮފްޓްވެއަރ އަށް ބޭނުންވާ އަޕްޑޭޓްތައް ގެނައުމާއި، ދިމާވާ މައްސަލަތައް ހައްލުކޮށް މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން. ● ސޮފްޓްވެއަރ ޑިވެލޮޕްމަންޓާގުޅޭ މަސައްކަތުގެ މިންގަނޑުތަކާއި، ސަލާމަތީ ރައްކާތެރިކަމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން ● މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އައު ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ދިރާސާކުރުމުގައި އެހީތެރިވުން. ● ކްލައުޑް އެޕްލިކޭޝަންތަކާއި ސިސްޓަމްތަކުގެ ހާލަތު ބަލައި މޮނިޓަރކުރުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން. ● އޮތޯރިޓީގެ ޑޭޓާ އަދި ސިސްޓަމްތަކުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޑިޒާސްޓަރ ރިކަވަރީ ނިޒާމުތައް ގާއިމުކުރުމުގައި އެހީތެރިވުން. ● ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން. |
|
ވަޒީފާއަށް ކެންޑިޑޭޓެއް ހޮވުމުގައި އިސްކަންދެވޭނެ ބައެއް ކަންތައްތައް |
● ޑޭޓާބޭސް ޑްރިވަން ފުލް ސްޓެކް ވެބް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން. ● އެޗްޓީއެމްއެލް، ސީއެސްއެސް، ޓެއިލްވިންޑް ބޭނުންކުރަން އެނގުން. ● ރިއެކްޓް، ވިއު ޖޭއެސް ނުވަތަ މިނޫންވެސް މިފަދަ ފްރަންޓްއެންޑް ޑިވެލޮޕްމަންޓް ފްރޭމްވޯކެއް ބޭނުންކުރަން އެނގުން ● ލަރަވެލް، ޕައިތަން، ނޯޑް ޖޭއެސް ނުވަތަ މިނޫންވެސް މިފަދަ ބެކްއެންޑް ޑިވެލޮޕްމަންޓް ޓެކްނޮލޮޖީއެއް ނުވަތަ ފްރޭމްވޯކެއް ބޭނުންކުރަން އެނގުން ● އޭއައި ބޭނުންކުރާގޮތަށް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން. |
|
ޕޮއިންޓް ދޭނެ މިންގަނޑުތައް |
● ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ 20 އިންސައްތަ) ● ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ 20 އިންސައްތަ) ● އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ) ● ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ 20 އިންސައްތަ) |
|
އެޕްލިކޭޝަން ސުންގަޑި |
● 22 ޖަނަވަރީ 2026 ގެ 23:59 ގެކުރިން |
|
މަސައްކަތު ގަޑި |
● ހަފްތާއަކު 5 ދުވަހު – ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
● ކަރިކިއުލަމް ވިޓާ (ސީވީ) ● ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ ● ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) ● މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން ● ޕޮލިސް ރިޕޯޓް |
|
އިތުރު މަޢުލޫމާތު |
● މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ● މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ. ● މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|
އެޕްލިކޭޝަން ހުށަހެޅުން |
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. |