ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.
އިޢުލާން ނަންބަރު: MNU-HR/2022/135
މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
ގްރޭޑް: 05
ސްޕައިން ޕޮއިންޓް: 24
މުސާރަ: މަހަކު7,151.26 : ރުފިޔާ
ސާރވިސް އެލަވަންސް: 3,064.83 ރުފިޔާ
އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
- ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯސް ފީ އާއި ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި، ރިސިޕްޓް ތައްޔާރުކުރުމާއި އަދި ރިފަންޑު ދޫކުރުން.
- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ދުވަހު ހިސާބާއި، މަހު ހިސާބާއި އަދި އަހަރީ ހިސާބު ބަލަހައްޓައި، އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
- ލިބޭ ފައިސާގެ ހިސާބުތައް ބޭންކް އެކައުންޓާއި ދިމާކޮށް މަހަކު އެއްފަހަރު ރިކަންސައިލްކުރުން.
- އޮޑިޓަށް ބޭނުންވާ އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
- ޔުނިވަރސިޓީގެ ފައިސާ ބަލައިގަންނަ ނިޒާމް ތައް (ޕަވަރ ކެމްޕަސް) ފަދަ ނިޒާމްތަކަށް އަހުލުވެރިވެ އޭގެ ތަމްރީނުތައް ފުރިހަމަކުރުން.
- ޕަވަރކެމްޕަސް އިން ބަލައިގަންނަ ފައިސާގެ ހަފުތާ / މަސް / އަހަރީ ރިޕޯޓެއް ތައްޔާރުކުރުކޮށް ބެލެހެއްޓުން. މީގެ އިތުރަށް ސިސްޓަމުން އެހެނިހެން ރިޕޯރޓް ޖެނެރޭޓްކޮށް ބޭނުންކުރަން އެނގުން.
- އަތޮޅުތަކުން ލިބޭ ފައިސާ ޕަވަރކެމްޕަސް އަށް އަޅައި، ސަމަރީ ޝީޓް ތައްޔާރުކުރުން.
- ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، އިންވޮއިސް ކުރެވިފައިވާ ތަންތަނަށް މުއްދަތު ހަމަވުމުން ގުޅައިގެން ފައިސާ ހޯދަން މަސައްކަތް ކުރުން.
- ދަރިވަރުން ދައްކަން ޖެހޭ ފީ އާއި ލިބެންޖެހޭ އާމްދަނީ މޮނިޓަރކޮށް ބަލަހައްޓައި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ މަޝްވަރާގެމަތިން އެޅުން.
- އެކައުންޓަށް ޓްރާންސްފާ ކުރާ ދަރިވަރުންގެ ކޯސް ފީ ޕަވަރކެމްޕަސް އަށް އަޅައި ރިސިޕްޓް ތައްޔާރުކޮށް ދަރިވަރުންނަށް އެންގުން.
- އެންޓްރީ ނަގައި ރެވެނިއު ސެކްޝަންގެ އެންޓްރީ އަޕްޑޭޓްކޮށް، ސިޓީތަކަށް ޖަވާބު ދިނުމާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ރެވެނިއު ސެކްޝަނަށް ލިބޭ އީމެއިލްތައް ދުވަހުން ދުވަހަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަން އެ ފަރާތްތަކަށް އެންގުން.
- ސްކޮލަޝިޕް ލިބޭ ދަރިވަރުންނާއި ލޯން ލިބޭ ދަރިވަރުންނާއި މިނޫންވެސް އެކިއެކި ޚާއްޞަ އިނާޔަތް / އެހީ ލިބޭ ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުމުގައި ކަމާއި ގުޅޭ ސެކްޝަންތަކާއި ގުޅިގެން މަސައްކަތްކުރުން.
- ފައިސާ ޖަމާކުރަން ބޭންކަށް އަށް ދިޔުން.
- ރެވެނިއު ސެކްޝަން ހަރުދަނާ ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ވެރިންނާއި އެކަން ޙިއްޞާކޮށް، އަމަލީ ގޮތެއްގައި މިކަމުގައި ޚަރަކާތްތެރިވުން.
- ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާންބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ވެރިން އަންގަވާ ގޮތެއްގެ މަތީން އޮފީހުގެ އެހެނިހެން މަސައްކަތް ކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
2022 އޭޕްރީލް 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2022-135
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.