Jobs

Salary
MVR 0+
Vacancies
1

Details

Salary and Benefits
MVR 0+
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 270/-
Job Description

ވަޒީފާގެ ފުރުސަތު: ސަރވިސް އެސިސްޓެންޓް - އިންޓަރން

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ސަރވިސް އެސިސްޓެންޓް - އިންޓަރން

ބޭނުންވާ އަދަދު

01

ވަޒީފާގެ ބާވަތް:

އިންޓަރން (1 މަސް)

މުސާރަ:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 270/-

ކުރިމަތިލުމުގެ  ސުނަގަޑި

04 ނޮވެމްބަރ 2023 ހޮނިހިރު ދުވަހުގެ 16:00

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/aYzpvKcVJzBiQMXj8

މަޤާމުގެ މަސްއޫލިއްޔަތު

  1. މި ކޯޕަރޭޝަނުގެ އޮފީސް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. އޮފީސްތެރެއާއި މީޓިންގރޫމް، ސައިކޮޓަރި، އޮފީހުގެ ގޮނޑި، މޭޒު، ކަބަޑު އަދި އިކުއިޕްމަންޓް އަދި މި ނޫންވެސް އޮފީހުގެ ބޭނުމަށް ގެންގުޅޭ ތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  3. ކޯޕަރޭޝަނުގެ އޮފީހުގައި ހުންނަ ފާހާނާތައް ދޮވެ ސާފުކުރޭތޯ ބެލުމާއި، ފާޚާނާތަކުގަ ހުންނަން ޖެހޭ ޓިޝޫ ސައިބޯނި ފަދަ ތަކެތި ހުރިތޯ ދުވަހުން ދުވަހަށް ބަލާ މަދުވާ ތަކެތި ހަމަކޮށް ބެހެއްޓުން.
  4. އޮފީހުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ކުނިއެޅުމާއި ހުސްކުރުމާއި ކުނި އުކާލުމަށް ކުރަންޖެހޭ ކަންތައް ކުރުން.
  5. އޮފީހުގެ އެކި ޖަލްސާ އަދި ބައްދަލުވުންތަކަށް ސައި، ކޮފީ ތައްޔާރުކުރުން.
  6. ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން

  1. ހީވާގިކަމާއެކު މަސައްކަތް ކުރެވޭ ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން
  2. މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން
  3. މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން
  4. މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
  • 1. ވަޒީފާއަށް އެދޭ ފޯމު
  • 2. ސީވީ
  • 3. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  • 4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • 5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
Published Date
30 October 2023
Expiry Date
4 November 2023