އިޢުލާން ނަންބަރު: AS-IUL-2022-014
މަޤާމް: އޮފިސަރ
ބޭނުންވާ އަދަދު: 1
ޑިޕާޓްމަންޓް/ސެކްޝަން:: ކޯޕަރޭޓް އެފެއާރޒް އެންޑް ލީގަލް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިކުންފުނިން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެތަކެތި އެޑިޓްކުރުމާއި، ތަރުތީބުން ރައްކާކުރުން.
- ކުންފުނީގެ ސޯޝަލް މިޑިއާ އެކައުންޓްތަކަށާއި ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުން.
- ކުންފުނީގެ ސޯޝަލް މިޑިއާ އެކައުންޓްތަކާއި ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުން.
- ކުންފުނީގެ ޑިޕާޓްމަންޓްތަކުން ފޮނުވާ ރިކުއެސްޓްތަކާ އެއްގޮތަށް އިޝްތިހާރު، ބެނަރ، ޕޯސްޓަރ ފަދަ ތަކެތި ތައްޔާރުކުރުން
- ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/6000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/2100 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 16 މާރިޗު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
- ކުރިންކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ޕޯރޓްފޯލިއޯ (ޑިޖިޓަލް/ޕްރިންޓް)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.