|
އިޢުލާނު ނަންބަރު: (IUL)428-A/428/2026/1 |
|
|
މަޤާމު: |
ނެޝަނަލް ސްކިލްސް އެގްޒަމިނޭޝަން ކޯޑިނޭޓަރ |
|
ބޭނުންވާ އަދަދު: |
1 |
|
މަޤާމުގެ ގިންތި: |
ވޭޖު އެމްޕްލޯއިންމަންޓް |
|
މުއްދަތު: |
ކޮންޓްރެކްޓް ހަދާ ދުވަހުން ފެށިގެން 22 މެއި 2026 ގެ ނިޔަލަށް، ނަމަވެސް އޮފީހުން ބޭނުންވެއްޖެނަމަ ކޮންޓްރެޓް މުއްދަތު އިތުރުކުރެވިދާނެއެވެ. |
|
މަޤާމުގެ ރޭންކު: |
ޕީ.އެސް 8 (ސްޓެޕް 1) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
- |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ/ހުޅުމާލެ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
· އިންސްޓިޓިއުޝަން ބޭސްޓް ޓްރެއިނިންގ،އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ޕްރޮގްރާމުތަކުގެ އެސެސްމަންޓު ރާވާ ކުރިއަށް ގެންދާކަން ކަށަވަރު ކުރުން. · ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގެ އެސެސްމަންޓުތައް ރާވާ ކުރިއަށް ގެންދާކަން ކަށަވަރުކުރުން. · ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ އެސެސްމަންޓުތައް ރާވާ ކުރިއަށް ގެންދާކަން ކަށަވަރުކުރުން. · އެސެސްމަންޓުތައް ޝެޑިއުލްކޮށް ޤަވައިދުން އެސެސްމަންޓުތައް ރާވާ ކުރިއަށްގެންދޭތޯ ކަށަވަރު ކުރުން. · އެސެސްމެންޓާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓާކަން ކަށަވަރު ކުރުން. · އެސެސްމަންޓާއި ގުޅުން ހުރި ޕޭޕަރުތައް ރައްކާތެރިކަމާއި އެކު ބަލަހައްޓާކަން ކަށަވަރު ކުރުން. · އެސެސްމަންޓާއި ގުޅުން ހުރި ޕޭޕަރުތައް އަޕްޑޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ކުރަމުންދާކަން ކަށަވަރުކުރުން. · ނޭޝަނަލް އެސެސްމަންޓުތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭކަން ކަށަވަރު ކުރުން. · އެސެސްމަންޓު ރިޕޯޓުތައް ހޯދާ އަޕްޑޭޓުކޮށް ބަލަހައްޓާކަން ކަށަވަރު ކުރުން. · އެސެސްމަންޓް ހެދުމަށް ބޭނުންވާ އެސެސަރުން ހޯދާ އެސެސަރުންގެ ރަޖިސްޓްރީ ބެލެހެއްޓޭކަން ކަށަވަރުކުރުން. · އެސެސްކުރުމަށް ހާޒިރުވާންޖެހޭތަނަށް އެސަސަރު ހާޒިރުވެތޯ ކަށަވަރުކުރުން. · އެސެސްމަންޓާއި ގުޅޭ ވޯރކްޝޮޕް، ސެމިނަރ، ވެބިނަރ ބައްދަލުވުންތައް ރާވާ ހިންގުން. · ސެޓްފިކެޓްތަކަށް ބޭނުންވާ މަޢުލޫމާތު އިންސްޓިޓިއުޓްތަކަށް ގަވައިދުން ފޮނުވުން. · އިމްތިހާނުން ފާސްވާ ދަރިވަރުންގެ ލިސްޓް އަދާ ހަމަކުރާކަން ކަށަވަރު ކުރުން. · އެސެސަރުންގެ ޕޭމަންޓްތައް ފޮނުވުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ކޯޕަރޭޓް ސެކްޝަނަށް ފޮނުވާކަން ކަށަވަރުކުރުން. · އެސެސަރުން ތަމްރީނުކުރުމަށް ތަމްރީނު ޕްރޮގުރާމްތައް ހިންގުން. · ޓްރެއިނަރުން ތަމްރީނުކުރުމަށް ތަމްރީނު ޕްރޮގުރާމްތައް ހިންގުން. · ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. · މީގެ އިތުރުން އެސެސްމަންޓާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ރާވާ ހިންގުން. · މިއޮތޯރިޓީ ޕްރޮމޯޓް ކުރުމަށް ޕްރެސް ރިލީސް، ސޯޝަލް މީޑިއާ ޕޯސްޓުތައް އަދި ޓީވީ /ރޭޑިއޯ ޕްރޮގްރާމްތަކަށް ބޭނުންވާނެ މައުލޫމާތު، މިއޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ ލަފަޔާ އެކު ތައްޔާރުކޮށް ހިއްސާކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް: · އެޑިޔުކޭޝަން، އެޑިޔުކޭޝަން ޕޮލިސީ، އެޑިޔުކޭޝަން މެނޭޖްމަންޓް، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، ޗޭންޖިންގ އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އެޑިޔުކޭޝަން ލޯ، އެޑިޔުކޭޝަނަލް ޓްރާންސްޕޯމޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން.
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމުގެ ކޯ ޑިސިޕްލިން: ނެތް މަޤާމުގެ މަސައްކަތުގެ ދާއިރާތައް · މަތީ ތަޢުލީމުދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއެއްގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތާއި ދިރާސާކުރުމުގެ މަސައްކަތްތައް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ 01 ފެބުރުއަރީ 2026 އިން 12 ފެބުރުއަރީ 2026 އާ ދެމެދު، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026600/3026607 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|