Jobs

Salary
MVR 21,100 - MVR 24,000
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 21,100 - MVR 24,000
(އަސާސީ މުސާރަ، ޙާޒިރީ އެލަވަންސް އަދި ސަރވިސް އެލަވަންސް ހިމެނޭނެހެން)

ތަފްސީލް:
އަސާސީ މުސާރަ: 8،500.00 ރުފިޔާ އާއި 9،000.00 ރުފިޔާއާ ދެމެދު
ސަރވިސް އެލަވަންސް: 170.00 ރުފިޔާ އާއި 200.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
ޙާޒިރީ އެލަވަންސް: 250.00 ރުފިޔާ އާއި 300.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
އެހެނިހެން އިނާޔަތްތައް: މީގެއިތުރުން، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
Job Description

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އިންސްޓިޓިއުޓްގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވައި ވިލަރެސް ކުރުން.

އިންސްޓިޓިއުޓްގެ މުވައްޒަފުން ޢަމަލުކުރުން ލާޒިމުވާ ޤަވާޢިދު/އުޞޫލު/އިޖުރާޢަތުތައް އާންމުކޮށް ހުރިހާ މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

މުވައްޒަފުންނާއި ގުޅޭ ކަންތައްތައް އިންސްޓިޓިއުޓްގެ ސިޔާސަތާއި،އިދާރީ ޤަވާއިދުތަކާއި އުޞޫލުތަކާއި ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާވައި ހިންގުން.

އިންސްޓިޓިއުޓްގެ މުވައްޒަފުން މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތަށް ނިކުންނަ މުވައްޒަފުން މަސައްކަތުގެ މާހައުލަށް  އަހުލުވެރިކުރުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގުރާމުތައް އެކުލަވައިލައި ކުރިޔަށް ގެންދިއުން.

ކޮންމެ އަހަރަކު އެއްފަހަރު، މުވައްޒަފުންގެ ފެންވަރު ބަލާ ފޯރމް ފުރިހަމަ ކުރުމާއި އެހެން ޑިޕާޓްމަންޓްތަކުން ފޯމްތައް ފުރިހަމަ ކުރޭތޯ ބެލުން.

އިންސްޓިޓިއުޓްގެ ފައިނޭންސް ޑިވިޜަންގެ މަސައްކަތްތައް ވިލަރެސްކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމްކޮށްދިނުން.

އިންސްޓިޓިއުޓްގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނަ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުމާއި، އިންސްޓިޓިއުޓްގެ އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، އިންސްޓިޓިއުޓުން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު އިންސްޓިޓިއުޓް ހިންގާފައިވާގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.

އިންސްޓިޓިއުޓް ހިންގުމަށް ބޭނުންވާ ހުރިހައި ވަސީލަތެއް ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ހަމަޖެއްސުން.

ޕްރޮކިއުމަންޓް ޑިވިޜަންގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ޑިވިޜަނުން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމާތޯ ޗެކްކޮށް ބެލެހެއްޓުމާއި ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުކޮށް އެކަންކަން ކަށަވަރުކުރުން.

އިންސްޓިޓިއުޓްއިން ބާއްވާ އެކިއެކި އިވެންޓްތަކާއި ފޯރަމްތަކާއި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުން.

ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަސައްކަތާއި ގުޅޭ ގޮތުން އިންސްޓިޓިއުޓުއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

މަޤާމާއި ގުޅޭދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން)، ނުވަތަ

ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ނުވަތަ މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރާއި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (މީގެތެރެއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލްއެއްގައި މަސައްކަތްކޮށްގެން ހޯދާފައިވާ ތަޖުރިބާ ކަމުގައިވުން).

 

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.

އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Bachelor’s Degree

Documents to Submit

Documents
  • ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

Other Information

Employment Type
  • Full-Time
Field of work
  • Business Administration and Law
Skills Required
  • Administration
  • Leadership skills
  • Management skills

Login to apply for this job

Published Date
29 June 2025
Expiry Date
7 July 2025
Apply Now