Jobs

Salary
MVR 6,295+
Employment Type
Full-Time

Details

Salary and Benefits
MVR 6,295+
ސަރވިސް އެލަވަންސް މަހަކު 2000 ރުފިޔާ
ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.)
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރާއިގެ %35
ސިވިލް ސަރވިސްގ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
Job Description

ސެންޓަރަށް ހޯދޭ ތަކެއްޗާއި ޚިދުމަތްތަކުގެ މަސައްކަތައްކަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް  ތައްޔާރުކުރުން.
އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ސަރވޭތައް ކުރުން.
މެއިންޓެނަނަސް މަސައްކަތަށް އިއުލާނުކުރުމަށް ބޭނުންވާ މައުލޫމާތު ކަރުދާހާއި ބީ.އޯ.ކިއު ތައްޔާރުކުރުން.
ސެންޓަރުގެ އިމާރާތްތަކުގެ މެއިންޓެނަންސް މަސައްކަތް ހުރިތޯބަލާ އެކަމާ ގުޅިގެން ހޯދަންޖެހޭ ތަކެތި ވެރިއެއްގެ އިރުޝާދުގެ މަތިން ހޯދުން.
ހަފުތާގެ ރަސްމީ ދުވަސްތަކުގެ އިތުރުން، ހަފުތާގެ ބަންދު ދުވަސްތަކުގައި އޮފީހުން ހަމަޖައްސާ ގަޑިއަކަށް ނުވަތަ އެމެޖެންސީ ޙާލަތެއްގައި ވީއެންމެ އަވަހަށް އޮފީހަށް ހާޒިރުވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ފޮޅާސާފުކުރުން، ސެކިއުރިޓީ މަސައްކަތްކުރާ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގައި ވާގޮތަށް  މަސައްކަތު ތާވަލް ހޯދައި މަސައްކަތްކުރޭތޯ ބެލުން.
ކެމެރާ ސިސްޓަމް އަދި ފަޔަރ ސިސްޓަމް ބެލެހެއްޓުން.
އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތުގައި އެހީތެރިވުން
ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި، ކަރަންޓާގުޅޭ އެއްޗެއް ބަދަލުކުރަންޖެހޭނަމަ ސްޕަވައިޒަރުގެ ލަފާގެ މަތިން އެ އެއްޗެއް ބަދަލުކޮށް މައްސަލަ ހައްލުކުރުމުގައި އެހީތެރިވުން
ތަނުގެ ފާޚާނާތަކާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީގައި ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.
މެއިންޓެނެންސްއާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
ކޮންޓުރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ މެއިންޓަނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން.
ޞިއްޙީ ގޮތުން ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި ކަމާ ގުޅުން ހުރި ފަރާތްތަކަށް ރިޕޯޓުކުރުން.
ތަނުން އުކާލަންޖެހޭ ކުނި އުކާލުމަށް ބެނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ސެންޓަރުގައި ޕްރޮގްރާމްތައް ހިނގާ ވަގުތުތަކުގައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
ޢިމާރާތުގައި ހުންނަ ބޮކި، ހޮޅިބުރި، ސްވިޗް، ފަންކާ، އިމަޖަންސީ ލައިޓް ފަދަ ތަކެތި އެނދުމުން ނުވަތަ ހަލާކުވުމުން އެފަދަ  ތަކެތި ބަދަލުކުރުން
ދޮރާއި ދޮރުފަތްތައް ބަދަލުކުރުމާއި،މަރާމާތު ކުރުމާއި، ރަނގަޅުކުރުން. ދޮރުފަތްތަކުގެ ތަޅު ބަދަލުކުރުން.
މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.
މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، މިނިސްޓްރީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލު ތަކާއި އެއްގޮތަށް ކުރުން.
ދިވެހިރާއްޖޭގެ ޤާނޫނާއި ސިވިލްސަރވިސް ޤަވައިދާ ޚިލާފު ނުވާ މަސައްކަތްތައް އޮފީހުގެ އިސްވެރިން އަންގަވައިފި ހިނދެއްގައި ކުރުން.

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Bachelor’s Degree

Documents to Submit

Documents
  • Please Apply from Gazette
  • https://www.gazette.gov.mv/iulaan/340106

Other Information

Industries
  • Creative, arts and entertainment activities
Employment Type
  • Full-Time

Login to apply for this job

Published Date
8 May 2025
Expiry Date
14 May 2025
Apply Now