Jobs

މުސާރަ
0 ރުފިޔާ+
ވަޒީފާގެ ބާވަތް
ކޮންޓްރެކްޓް
ރަށް
މާލެ ސިޓީ، ހުޅުމާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
0 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/302856

ވަޒީފާ އަދާކުރަން ޖެހޭ ތަން: ނޭޝަނަލް ކެރިއަރސް ސަރވިސް / އަމީން އެވެނިއު އޯކް /ފުރަތަމަ ފަންގިފިލާ/ ރީތިގަސްމަގު، ހުޅުމާލެ

  1. ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޚިދުމަތްތަކާއި، ޖޮބް ފެސްޓިވަލް ފަދަ އިވެންޓްތައް ޕްރޮމޯޓްކުރުމަށް ފުރިހަމަ މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.
  2. ވަޒީފާގެ ފުރުސަތުތަކާއި، ކެރިއަރ ރިސޯސްތަކާއި، ކުރިއަށް އޮތް އިވެންޓްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ޕްލެޓްފޯމްތަކުގައި ޝައުގުވެރިވާފަދަ އަދި މައުލޫމާތު އެކުލެވޭ ސޯޝަލް މީޑިއާ ޕޯސްޓްތައް އުފެއްދުން.
  3. ސޯޝަލް މީޑިއާ ކޮންޓެންޓް ގެ ޖުމްލަ މާކެޓިންގ މަޤްޞަދުތަކާއި މެސެޖިންގ އާއި އެއްގޮތްވާކަން ކަށަވަރުކުރުމަށް ޓީމުތަކާ ގުޅިގެން މަސައްކަތްކުރުން.
  4. ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ފޮލޯވަރުން އިތުރުކޮށް، އަދި ލީޑްސް އުފެއްދުމަށް ސޯޝަލް މީޑިއާ ކެމްޕޭންތައް މެނޭޖްކުރުން.
  5. ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި ނެޓްވޯކިންގ ފުރުސަތުތަކާ ގުޅުވައިދިނުމަށްޓަކައި ޖޮބް ފެސްޓިވަލްތަކާއި އެހެނިހެން ރިކްރޫޓްމަންޓް އިވެންޓްތައް ރާވައި އިންތިޒާމުކުރުން.
  6. ވަޒީފާގެ ފެސްޓިވަލްތަކަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް އިޝްތިހާރު ކުރުމުގެ މަސައްކަތްތަކާއި، އިވެންޓް ލޮޖިސްޓިކްސް ކޯޑިނޭޓްކޮށް ކާމިޔާބު ނަތީޖާތައް ކަށަވަރުކުރުން.
  7. ސޯޝަލް މީޑިއާ މެޓްރިކްސް އަދި އިވެންޓް ޕާފޯމަންސް ޑޭޓާ ތަޙުލީލުކޮށް މާކެޓިންގ އިނިޝިއޭޓިވްސްގެ ފައިދާ ވަޒަންކޮށް ޑޭޓާ ޑްރައިވަން ނިންމުންތައް ނިންމުމެވެ.
  8. ނޭޝަނަލް ކެރިއަރސް ސަރވިސް އަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ބައިވެރިންނާއި، ސްޕޮންސަރުންނާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅުން އާލާކުރުން.
  9. ސިނާޢަތުގެ ޓްރެންޑްތަކާއި، އެންމެ ރަނގަޅު އުސޫލުތަކާއި، އާ މާކެޓިންގ ޓެކްނިކްސްތަކާ ބެހޭގޮތުން މަޢުލޫމާތު ލިބިފައި ހުރުން އަދި ސެންޓަރުގެ މާކެޓިންގ ސްޓްރެޓެޖީތައް މެދުނުކެނޑި ކުރިއެރުވުން.
  10. މާކެޓިންގ ޕްރޮފެޝަނަލުންނާއި އިވެންޓް ކޯޑިނޭޓަރުންގެ ޓީމެއް ލީޑްކޮށް، ވަޒީފާގެ ފުރުސަތުތަކާއި ކެރިއަރުގައި ކުރިއެރުން ކުރިއެރުވުމުގައި ކާމިޔާބީ ހާސިލްކުރުމަށް އިރުޝާދު، ސަޕޯޓް، އަދި ހިތްވަރު ދިނުން.
  11. މީގެއިތުރުން މިއިދާރާގެ ވެރިއަކު ރަސްމީ މަސައްކަތެއް ހަވާލުކުރާ ހިނދެއްގައި ހަވާލުކުރައްވާ މަސައްކަތެއް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  • (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ކޮންޓްރެކްޓް
ޝާޢިއުކުރި ތާރީޚް
12 އޯގަސްޓު 2024
މުއްދަތު ހަމަވާ ތާރީޚް
13 އޯގަސްޓު 2024