ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.
އިޢުލާން ނަންބަރު: MNU-HR/2022/90
މަޤާމު: ލެކްޗަރަރ
އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ތޫރިޒަމް ސްޓަޑިޒް
ގްރޭޑް: 40
ސްޕައިން ޕޮއިންޓް: 07
މުސާރަ: މަހަކު 12,687.50 ރ
ސާރވިސް އެލަވަންސް: މަހަކު 5,437.50 ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން.
ލެކްޗަރަރގެ މަޤަމަށް ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެސޯސިއޭޓް ލެކްޗަރަރ
އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ތޫރިޒަމް ސްޓަޑިޒް
ގްރޭޑް: 37
ސްޕައިން ޕޮއިންޓް: 06
މުސާރަ: މަހަކު 11,374.40 ރ
ސާރވިސް އެލަވަންސް: މަހަކު 4,874.74 ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ކޮންމެ ހަފްތާއަކު ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ އުސޫލުން ނޯޓިސްބޯޑަށް ނެރުން.
- ދަރިވަރުން ފެކަލްޓީއަށް ފޮނުވާ ލިޔުންތަކާއި މެޑިކަލް ސެޓިފިކެޓުތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަލައިގަނެ، ގަވާއިދުން ފައިލުކުރުމާއި ދަރިވަރުންގެ އެސައިންމަންޓްތައް ނަގައި ލެކްޗަރާއިންނާ ހަވާލުކުރުން.
- ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި ކެންސަލުވާ ކުލާސްތަކާއި އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ދެވޭ ނޯޓިސްތައް ނޯޓިސް ބޯޑުގައި ބެހެއްޓުމާއި ބޭނުން ކެނޑުމުން އެނޯޓިސްއެއް ނެގުން.
- ދަރިވަރުންނަށް ފޮނުވާ ލިޔުންތައް ތައްޔާރުކުރުމާއި، ލެކްޗަރަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަވާލުކުރާ ލިޔުންތައް ފޮޓޯކޮޕީ ނަގައި ލެކްޗަރަރުންނާ ހަވާލު ކުރުން.
- ޑިޕާރޓްމަންޓްގެ ޓީޗިން ސަޕޯޓު މަސައްކަތްތައް (ދަރިވަރުންގެ އިވެލުއޭޝަން، ޕިއާ ރިވިއު) އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވުން.
- ޑިޕާރޓްމަންޓްގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގެ ނޯޓިސް ފޮނުވައި ބައްދަލުވުން އިންތިޒާމުކުރުމާއި ބައްދަލުވުން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ޔައުމިއްޔާ ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
- ފެކަލްޓީގެ ފަރާތުން ރާވާ ހިންގާ އެންމެހާ ކަންކަމުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ފެކަލްޓީ ހުޅުވައި ލެއްޕުމާއި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަންކުރުން.
- އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާ ގޮތުގެ މަތިން އޭނާގެ މަސައްކަތްކުރުން.
- މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީގެ ފަރާތުން ޙަވާލުކުރާ ކަންތައްތައް ކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
2022 މާރިޗުު 16 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2022-90
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
އިތުރު މަޢުލޫމާތު:
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވ