ކޮލެޖް ކައުންސިލްގެ މެމްބަރަކު ބޭނުންވެއްޖެ
މި ކޮލެޖްގެ ކޮލެޖް ކައުންސިލްގެ މެމްބަރަކަށް މި ކޮލެޖަށް ނިސްބަތް ނުވާ މީހަކު އައްޔަން ކުރަން ބޭނުން ވެއެވެ. ވީމާ މިކަމަށް ބޭނުންފުޅުވާ ފަރާތްތަކުން މި ކޮލެޖަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑް ހުށަހަޅުއްވަންވާނެއެވެ.
ސަރުތަކީ ފާއިތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ގާނޫނުގައި ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތެއް ސާބިތުވެފައި ނުވުމެވެ.
ހޮވޭނީ ސަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
އެޕްލިކޭޝަން ފޮނުވުމަށް [email protected] އަށް އީ-މެއިލް ކުރައްވާށެވެ. އީ-މެއިލްގައި ތިރީގައިވާ ލިޔެކިޔުން ހިމެނެންވާނެއެވެ.
- ކުށުގެ ރެކޯޑް ފޯމް
- އައިޑީ ކާޑު ސްކޭން
- ސީވީ
އެޕްލިކޭޝަން ހުށައަލަންވާނީ 3 މާރިޗު 2022 ގެ ކުރިންނެވެ.