އިޢުލާނު ނަންބަރު:MNU-HR/2021/216
08 ޑިސެންބަރު 2021
|
|
ހދ.ކުޅުދުއްފުށި ކެމްޕަސް ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ
މަޤާމް: ކެމްޕަސް މެނޭޖަރ
މަޤާމުގެ ކްލެސިފިކޭޝަން: އިދާރީ
ބޭނުންވާ ޢަދަދު: 1
މަސައްކަތް ކުރަން ޖެހޭތަން: ހދ.ކުޅުދުއްފުށި ކެމްޕަސް
މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 3 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
- ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.
- ޓެނުއަރޝިޕް އެލަވަންސް: 5،000.00 އިން 7،000.00 ރުފިޔާ އާ ދެމެދު (މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ކެމްޕަސް މެނޭޖަރުން އައްޔަންކުރުމުގެ އުޞޫލު ގައިވާގޮތުގެ މަތިންނެވެ.)
- ފޯން އެލަވަންސް: މަހަކު 500.00 ރުފިޔާ
ތަޢުލީމާއި ތަޖުރިބާ
- ކެމްޕަސް މެނޭޖަރކަމުގެ މަޤާމަކީ އެކަޑެމިކް މުވައްޒަފުންގެ ރޭންކުގައިވާ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުޞަތެކެވެ.
- އިދާރީ މުވައްޒަފުންގެ ތެރެއިން އަދި އާންމުންގެ ތެރެއިން ޑިރެކްޓަރ ލެވެލްގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭ މަޤާމެކެވެ. ޑިރެކްޓަރު ކަމުގެ ފެންވަރަކީ ދަށްވެގެން މަސައްކަތުގެ ދާއިރާ އިން އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ފާހެއް (މާސްޓާރސް ޑިގްރީ) އެއް އޮތުމެވެ. ނުވަތަ މަސައްކަތުގެ ދާއިރާ އިން އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ފާހެއް (ބެޗެލާރސް ޑިގްރީ) އަކަށް ފަހު 4 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުމެވެ.
- ޔުނިވަރސިޓީގެ މުވައްޒަފެއްނަމަ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.
https://mnu.edu.mv/wp-content/uploads/2020/08/Campus-Managers-policy-revision-14-October-2020.pdf
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 2021 ޑިސެންބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.
https://tinyurl.com/MNUHR-KC-2021-216
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު
- ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތު ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދު.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345144 ނަންބަރު ފޯނާއެވެ.