Jobs

މުސާރަ
0 ރުފިޔާ+
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
ލ. ގަން

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
0 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/302855

 

ވަޒީފާ އަދާކުރަން ޖެހޭ ތަން : ނޭޝަނަލް ކެރިއަރސް ސަރވިސް / ލ. ގަން

  1. ވަޒީފާގެ އިޝްތިހާރުތައް މުރާޖަޢާކޮށް ޝާއިޢުކުރުމާއި، ވަޒީފާދޭ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ޔަޤީންކުރުމާއި، ފަންނީ މައްސަލަތަކަށް ސަމާލުކަން ދިނުން ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ނޭޝަނަލް ކެރިއަރސް ސަރވިސްގެ ވެބްސައިޓްގެ ހަރަކާތްތަކަށް ހާޒިރުވުން.
  2. ކަސްޓަމަރުންގެ ސުވާލުތަކާއި މައްސަލަތަކާއި ޝަކުވާތަކަށް އެހީތެރިކަމާއި އިރުޝާދު ދީ އީމެއިލްތަކާއި ކޯލްތަކާއި ވޯކް-އިން ކަސްޓަމަރުންނަށް ސަމާލުކަން ދިނުން.
  3. ސްކޫލް ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ކައުންސިލްތަކާއި އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ނޭޝަނަލް ކެރިއަރސް ސަރވިސް ޕޯޓަލް ޓްރެއިނިންގ ރާވައި ހިންގުން.
  4. ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް މެނުއަލް ޖޮބް މެޗިންގ އާއި ވަޒީފާދޭ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކާ ބެހޭގޮތުން ލަފާދިނުން.
  5. ކަމާބެހޭ ފަރާތްތަކަށް ލިބެންހުރި ވަޒީފާގެ ހުށަހެޅުންތަކާއި، ވަޒީފާއާއި، ހިލޭ އެހީއާއި، ތަމްރީނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
  6. ގްރާންޓް އަދި ޓްރޭނިންގ ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ޖޮބް ސީކަރ އަދި އެމްޕްލޯޔަރ ރެޖިސްޓްރޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ހަފްތާއަކު، ކުއާޓަރ އަދި އަހަރީ ޑޭޓާ އެއްކޮށް ތައްޔާރުކުރުން.
  8. ވަޒީފާ ހޯދަން އުޅޭ ދަރިވަރުންނާއި، ދާދިފަހުން ޑިގްރީ ހާސިލްކުރި ދަރިވަރުންނާއި، ވަޒީފާ ނެތް މީހުންނާއި، ވަޒީފާ އަދާނުކުރާ މީހުންނާއި، މިހާރު ވަޒީފާ އަދާކުރާ ފަރާތްތަކާ ބައްދަލުކޮށް ޝައުގުވެރިކަމާއި، ހުނަރާއި، ޤާބިލުކަމާއި، ތަޢުލީމު ދެނެގަތުން.
  9. ވަޒީފާ ހުޅުވިފައިވާ ތަންތަން ދެނެގަނެ، ވަޒީފާގެ ތަމްރީނާއި ޕްލޭސްމަންޓް ހިދުމަތްތަކުގެ ފައިދާ ކުރިއެރުވުމަށް ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތްކުރުން
  10. ވިޔަފާރިވެރިން/ ވިޔަފާރިތަކާ ގުޅުން ޤާއިމުކޮށް، އެކަށީގެންވާ މަސައްކަތްތެރިން ހޯދުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ނޭޝަނަލް ކެރިއަރސް ސަރވިސް މެދުވެރިކޮށް މަޤާމުތަކަށް މަސައްކަތްތެރިން ހޯދުމަށް މަސައްކަތްކުރުން.
  11. ނޭޝަނަލް ކެރިއަރސް ސަރވިސް ޕޯޓަލްގައި ހުރި މައްސަލަތަކާއި ގޯސްތައް ދެނެގަނެ، މި މައްސަލަތައް މެނޭޖަރަށް ރިޕޯޓްކުރުން.
  12. ނޭޝަނަލް ކެރިއަރސް ސަރވިސްގެ ހިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މާކެޓިންގ އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ނުވަތަ އިވެންޓްތައް އިންތިޒާމުކޮށް ބައިވެރިވުން.
  13. ނޭޝަނަލް ކެރިއަރސް ސަރވިސްގެ ސޯޝަލް މީޑިއާ ކޮންމެ ދުވަހަކު ތަފާސްހިސާބުތަކާއެކު އަޕްޑޭޓްކުރުން.
  14. ނޭޝަނަލް ކެރިއަރސް ސަރވިސްގެ އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.
  15. މީގެއިތުރުން މިއިދާރާގެ ވެރިއަކު ރަސްމީ މަސައްކަތެއް ހަވާލުކުރާ ހިނދެއްގައި ހަވާލުކުރައްވާ މަސައްކަތެއް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  • (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ޝާޢިއުކުރި ތާރީޚް
12 އޯގަސްޓު 2024
މުއްދަތު ހަމަވާ ތާރީޚް
13 އޯގަސްޓު 2024