Login
Job Seeker Login
Employer Login
Home
Jobs
(current)
Employers
Education & Training
MEERY
Income Support
Home
Jobs
Human Resource Officer
Jobs
Search
Human Resource Officer
Expired
Ministry of Economic Development and Trade
Salary
MVR 6,295+
Employment Type
Full-Time
Vacancies
2
Island
Male' City, Male'
Details
Salary and Benefits
MVR 6,295+
އެހެނިހެން އެލެވަންސް: 2000
ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28
ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް / ހިޔުމަން ރިސޯސް މެނޭޖްމަންޓް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ.
Job Description
https://gazette.gov.mv/iulaan/170474
ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންގެ ތެރެއިން ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމާއި އެމަސައްކަތްތައް ކުރުން
ޖޮބް ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދަން އެދޭ ފަރާތްތަކަށް ވަޒީފާ ހޯދާނެ ގޮތްތައް މަގުފަހިކޮށްދިނުމާއި ޕޯޓަލްގެ ޒަރިއްއާއިން ވަޒީފާ ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ގޮތްތައް ވަޒީފާދޭ ފަރާތްތަކަށް ކިޔައިދިނުން
ޖޮބް ޕޯޓަލް ބޭނުންކުރުމަށް އެދޭ ވަޒީފާދޭ ފަރާތްތަކާ ބައްދަލުކޮށް، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތައް ހިންގުމާއި ޕޯޓަލްގައި ޤާއިމުކުރެވިފައި 'ޖޮބް މެޗިންގ' ގެ ޚިދުމަތާގުޅޭގޮތުން މަޢުލޫމާތު ދިނުން
މިނިސްޓްރީން ކަނޑައަޅާ ރަށްރަށަށް ދަތުރުކޮށް ޢާންމު ރައްޔިތުންނާއި ޒުވާނުން އަދި ސްކޫލް ކުދިންނަށް އަމާޒުކޮށް، ޖޮބް ޕޯޓަލް އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި ޖޮބް ސެންޓަރު ބޭނުންކުރާނެ ގޮތާމެދު އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން، ޕޯޓަލްގައި ރަޖިސްޓަރ ކުރާނެ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ޕޯޓަލްގެ ޒަރިއްއާއިން ހޯދާނެ ގޮތް ކިޔައިދިނުން
ޖޮބް ޕޯޓަލް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، ޕޯޓަލް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތައް ރިޕޯޓުކުރުން
ޖޮބް ސެންޓަރ ގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތަށް ފުރިހަމަކުރުމުގައި ބޭނުންތެރި ޚިދުމަތްތަކެއް ކަމުގައި ޔަޤީންކުރުމާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ދެނެގަތުން
Requirements and Qualifications
Minimum Experience
Not Specified
Documents to Submit
Documents
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
Other Information
Employment Type
Full-Time
Job Listing Expired
Sorry! the deadline for this job has already passed.
You can no longer apply for this job.
Ministry of Economic Development and Trade
Published Date
21 November 2021
Expiry Date
25 November 2021