މަޤާމް : |
އެސިސްޓެންޓް ޕޯސްޓްމަން، ހުޅުމާލެ ޕޯސްޓް |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
|
މުސާރައާއި އެލަވަންސް: |
1. މުސާރަ: މަހަކު -/5200 ރުފިޔާ ( ފަސް ހާސް ދުއިސައްތަ ރުފިޔާ) 2. ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިންހާސް ރުފިޔާ) 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ (ސަތޭކަ ވިހި ރުފިޔާ) 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ |
|||
އޮފީސް : |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
ޔުނިޓް : |
ހުޅުމާލެ ޕޯސްޓް އޮފީސް |
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
· ގްރޭޑް 7ގެ ފެންވަރު ހުރުން ނުވަތަ ދާއިރާގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ، · އަސާސީ ފެންވަރަށް ލިޔަން ކިއަން ދަތުމާއި 1އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން |
|||
މަޤާމްގެ މަސްޢޫލިއްޔަތު |
· ހުޅުމާލެއަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން · އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· ކުރެވޭ އިންޓަރވިއުއިން ފާސްވުން · ހުޅުމާލޭގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން · ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން · އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން · ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން · ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުންނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. |
|||
ރަސްމީ މަސައްކަތު ގަޑި: |
· ޑިއުޓީ އުޞޫލުން ކަނޑައަޅާ ޝިފްޓަކަށް ދުވާލަކު 8 ގަޑިއިރު |
|||
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް |
1. ވަޒީފާއަށްއެދޭ ފޯމް 2. ވަނަވަރު (ސީވީ) 3. އައިޑީ ކާޑުގެ ކޮޕީ 4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) 5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ) ** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 08 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 08 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
އިންޓަވިއު: |
· އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|||
ވަޒީފާއަށް އެދޭނެ ގޮތް: |
· ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://www.maldivespost.com/media/downloads/job-application-form |
|||
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. · މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 / 3315555 – 273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|||
01 އޮކްޓޯބަރ 2025 |