|
މަޤާމް |
އެސިސްޓެންޓް އިލެކްޓްރިކަލް މެކޭނިކް |
||
|
މަޤާމުގެ ރޭންކް |
L9 – F3 (T) |
ބޭނުންވާ އަދަދު |
01 |
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޕަބްލިކް ސަރވިސް މީޑިއާ، މާލެ |
ޑިޕާޓްމަންޓް |
އޮޕަރޭޝަންސް އެންޑް އިންފްރާސްޓްރަކްޗަރ މެއިންޓަނަންސް |
|
ވަޒީފާގެ ބާވަތް |
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.) |
||
|
ރަސްމީ މަސައްކަތު ގަޑި |
ހަފްތާއަކު 6 ދުވަހު - ޝިފްޓް އުސޫލުން ދުވާލަކު 8 ގަޑިއިރު |
||
|
އަސާސީ މުސާރަ |
-/6،400ރުފިޔާ |
ސަރވިސް އެލަވަންސް |
-/3،500 ރުފިޔާ |
|
އެހެނިހެން އެލަވަންސްތައް: |
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ. · ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). · ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ. · އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. · ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ. · ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
|
މަޤާމުގެ ޝަރުތު: |
· ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން، ނުވަތަ · މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަރާތަކަށްވުން. · އިލެކްޓްރީޝަނެއްގެ ފަންނީ ޤާބިލްކަން ހުރުން (ކަރަންޓުގެ އަސާސީ އުސޫލުތައް އެނގުން، އިލެކްޓްރިކަލް ޑައިގްރަމްތައް ކިޔަން އެނގުން، މައްސަލަ ހައްލުކުރަން އެނގުން، ކަރަންޓް ސާމާނު ބޭނުންކުރަން އެނގުން، ސަލާމަތީ އުސޫލުތައް އެނގުން، އިންސްޓޯލްކުރުމާއި ބެލެހެއްޓުމާއި މަރާމާތުކުރަން އެނގުން). · އޭސީ އަދި އިލެކްޓްރިކް މަސައްކަތުގެ ތަޖްރިބާ ހުރުން؛ · މެއިންޓަނަންސް މަސައްކަތުގެ ތަޖްރިބާ ހުރުން؛ · ދަންވަރު ގަޑި ހިމެނޭގޮތަށް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން. · މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛ · އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން؛ |
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
· ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ސަރަޙައްދުތަކުގެ ކަރަންޓް ނިޒާމަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ހައްލުކުރުމަށް މަސައްކަތްކުރުން؛ · ކުންފުނީގެ ޢިމާރާތްތަކުގައި ކުރެވޭ ތަފާތު މަރާމާތްތަކާ ގުޅިގެން، އަޅަންޖެހޭ ކަރަންޓް ވައިރިންގގެ މަސައްކަތް ކުރުން. · ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ސަރަޙައްދުތަކުގައި (މާލޭގައި ހުންނަ އަދި މާލެއިން ބޭރުގައި ހުންނަ ޢިމާރާތްތައް ވެސް ހިމެނޭ ގޮތަށް) ބޭނުންކުރާ ހުރިހާ އިލެކްޓްރިކް ސާމާނުތައް (މިސާލަކަށް: ބޮކި، ފަންކާ، އެއަރކޯން) ރަނގަޅަށް މަސައްކަތްކުރޭތޯ ދުވަހުން ދުވަހަށް ބަލައި ޗެކްކުރަމުން ގެންދިއުން. · ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ހަރަކާތްތަކަށް، އޮޕަރޭޝަންސް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މަސައްކަތްކުރުން؛ |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) · ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. · ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. · ޕޮލިސް ރިޕޯޓް (4 މަސްނުވާ). |
||
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން: |
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. · މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.) |
||
|
ސުންގަޑި |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ. |
||
|
އިތުރު މަޢްލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އަށް ގުޅުއްވުން އެދެމެވެ. |
||