Jobs

Salary
MVR 13,034+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 13,034+
Job Description

ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް  އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.

އިޢުލާން ނަންބަރު: MNU-HR/2022/185

މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ

އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:   06

ސްޕައިން ޕޮއިންޓް: 32

  މުސާރަ: މަހަކު9,124.50  ރުފިޔާ

ސާރވިސް އެލަވަންސް: 3,910.50 ރުފިޔާ

އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5/6ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޔުނިވަރސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވެން ހުރި އެކިކަހަލަ ވިޔަފާރި/އިންވެސްޓްމެންޓް ފުރުސަތުތައް ދިރާސާކޮށް އެކަންކަމަށް ބޭނުންވާ ރިޕޯޓް / ޕްރޮޕޯސަލް ތައްޔާރުކުރުން.
  • ބިޒްނަސް ޕްލޭން، ފީސިބިލިޓީ ސްޓަޑީޒް އަދި އެހެނިހެން ލޯންގްޓަރމް ޕްލޭންތައް ތައްޔާރުކުރުމާއި ގުޅުންހުރި އެނޭލިސިސްތައް ތައްޔާރުކުރުން.
  • އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނޭލިސިސް ތައްޔާރުކޮށް، އަދި ވިޔަފާރިތައް ފުޅާކުރުމުގެ ގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުން.
  • ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް، ޔުނިވަރސިޓީ މެދުވެރިކޮށް ހިންގާ ވިޔަފާރިތަކާ ގުޅިގެން ބިޒްނަސް ޑިވެލޮޕްމަންޓަށް ލިބޭ ރިޕޯރޓްތައް މުތާލިއާކޮށް ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރުން.
  • ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުން.
  • ބިޒްނަސް ޑިވެލޮޕްމެންޓުން ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން ބާއްވާ ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމް ކުރުން.
  • ކުރިއަރާފައިވާ ޔުނިވަރސިޓީތަކުން ބިޒްނަސް ޑިވެލޮޕްމެންޓާ ގުޅުންހުރި ކަންކަން ކުރިއަށްގެންދާ ގޮތާއި، އިންޑަސްޓްރީ ޓްރެންޑްތައް ދިރާސާކޮށް އަޕްޑޭޓްވުން އަދި ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީ ވާނެފަދަގޮތަކަށް ކަންތައްތައް ރާވާ ހިންގުން.
  • މީގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

   އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޖޫން 15 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-185

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.

Requirements and Qualifications

Minimum Experience
Not Specified

Other Information

Employment Type
  • Full-Time