ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.
އިޢުލާން ނަންބަރު: MNU-HR/2022/180
މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ
އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
ގްރޭޑް: 06
ސްޕައިން ޕޮއިންޓް: 32
މުސާރަ: މަހަކު 9,124.50ރުފިޔާ
ސާރވިސް އެލަވަންސް: މަހަކު 3,910.50 ރުފިޔާ
އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5/6ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- ޔުނިވަރސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވެން ހުރި އެކިކަހަލަ ވިޔަފާރި/އިންވެސްޓްމެންޓް ފުރުސަތުތައް ދިރާސާކޮށް އެކަންކަމަށް ބޭނުންވާ ރިޕޯޓް / ޕްރޮޕޯސަލް ތައްޔާރުކުރުން.
- ބިޒްނަސް ޕްލޭން، ފީސިބިލިޓީ ސްޓަޑީޒް އަދި އެހެނިހެން ލޯންގްޓަރމް ޕްލޭންތައް ތައްޔާރުކުރުމާއި ގުޅުންހުރި އެނޭލިސިސްތައް ތައްޔާރުކުރުން.
- އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނޭލިސިސް ތައްޔާރުކޮށް، އަދި ވިޔަފާރިތައް ފުޅާކުރުމުގެ ގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުން.
- ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް، ޔުނިވަރސިޓީ މެދުވެރިކޮށް ހިންގާ ވިޔަފާރިތަކާ ގުޅިގެން ބިޒްނަސް ޑިވެލޮޕްމަންޓަށް ލިބޭ ރިޕޯރޓްތައް މުތާލިއާކޮށް ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރުން.
- ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުން.
- ބިޒްނަސް ޑިވެލޮޕްމެންޓުން ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން ބާއްވާ ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމް ކުރުން.
- ކުރިއަރާފައިވާ ޔުނިވަރސިޓީތަކުން ބިޒްނަސް ޑިވެލޮޕްމެންޓާ ގުޅުންހުރި ކަންކަން ކުރިއަށްގެންދާ ގޮތާއި، އިންޑަސްޓްރީ ޓްރެންޑްތައް ދިރާސާކޮށް އަޕްޑޭޓްވުން އަދި ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީ ވާނެފަދަގޮތަކަށް ކަންތައްތައް ރާވާ ހިންގުން.
- މީގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
2022 ޖޫން 07 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2022-180
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.