ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.
އިޢުލާން ނަންބަރު: MNU-HR/2022/124
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)
އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
ގްރޭޑް: 02
ސްޕައިން ޕޮއިންޓް: 10
މުސާރަ: މަހަކު: 4,668.61 ރުފިޔާ
ސާރވިސް އެލަވަންސް: މަހަކު 2,000.83ރުފިޔާ
މިނިމަމް ވޭޖް: މަހަކު 942.00 ރުފިޔާ
އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
- ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
- ގްރޭޑް 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
މަޤާމުގެ މަސްޢޫލިއްޔަތު:
- ސްޓޮކަށް ތަކެތި އޯޑަރ ކުރުމަށް ހަމަޖެހިފައިވާ ލެވެލް އަށް ތަކެތީގެ އަދަދު ތިރިވުމުން އެތަކެތި ހޯދުމަށް ކަނޑައެޅިފައިވާ އުސޫލުން އެތަކެއްޗަށް އެދޭ ފޯރމް މެދުވެރިކޮށް ޕްރޮކިއުމަންޓް ސެކްޝަންގައި އެދުން.
- ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް ސްޓޮކަށް ވައްދާ ތަކެތި ސްޓޮކް ސިސްޓަމްގައި ރެކޯރޑް ކުރުން.
- ހަމަޖެހިފައިވާ ގަޑިތަކުގައި ހަމަޖެހިފައިވާ އުސޫލުން ސްޓޮކުން ތަކެތި ދޫކުރުން އަދި ވަގުތުން ވަގުތަށް ސްޓޮކް ބާކީކުރުން.
- ސްޓޮކަށް ތަކެތި ލިބުމުން ތަކެތި ރިސީވް ކުރުމާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން.
- އިންވެންޓަރީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. މިގޮތުން މުދާ ލިބުމުން ސިސްޓަމުގައި ރެކޯރޑް ކުރުމާއި، ނަންބަރު ދިނުމާއި ނަންބަރު ޖެހުމާއި ހަވާލުކުރުމާއި މީގެ އިތުރަށްވެސް ކުރަންޖެހޭ ކަންކަން ކުރުން.
- ނީލަން ކިޔުމަށް ނުވަތަ މުދަލެއް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ގްރެޖުއޭޝަން ފަދަ މުނާސަބަތުތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ބައިވެރިވެ ހަވާލުކުރެވޭ ޒިންމާ ފުރިހަމަގޮތުގައި އަދާކުރުން. މިގޮތުން ގައުން ދޫކުރުން، ބަލައިގަތުން، ގައުން ބެލެހެއްޓުން، ގައުން ތައްޔާރުކުރުން ފަދަ އެނަމެހާ ކަންކަން ކުރުން.
- ސެކްޝަނަށް ލިބޭ ލިޔުންތަކާއި ޙަވާލުވެ، އެކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާ މައްސަލަ ނިމުމުން ކަމާ ބެހޭ ލިޔުންތައް ފައިލް ކުރުން.
- އިދާރީ މަރުކަޒަށް އަންނަ އާނމު ފޯނުކޯލްތަކަށް ޖަވާބުދީ އަދި ފޯނުކުރާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދީ ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.
- ޔުނިވަރސިޓީގެ ރިސެޕްޝަންގެ މަަސއްކަތް ވިލަރެސްކޮށް އެސެކްޝަނަށް ދިމާވާ ކަންކަން ދެނެގަނެ ވެރިންގެ މަޝްވަރާގެ މަތިން ކަންކަން ރަގަޅު ކުރުމަށް މަސައްކަތް ކުރުން.
- އިދާރީ މަރުކަޒަށް ލިބޭ ތަކެތި ބަލައިގަނެ އެތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކަށް ލަސްވެގެން އެއްދުވަސް ތެރޭގައި ޙަވާލުލުރުން.
- އަވަސް ސިޓީ/ޗިޓް އަދި ބިލް ފަދަ ތަކެތި ލިބުމުން އެކަން ކަމާބެހޭ ސެކްޝަނަށް ލަސްނުކޮށް އެންގުން.
- ޑިސްޕެޗްގެ ކަންކަން ވިލަރެސް ކޮށް ބެލެހެއްޓުން. މިގޮތުން ޕޯސްޓް ކުރުމަށް ނުވަތަ ފޮނުވުމަށް ލިބޭ ތަކެތީގެ ކަންކަން ހަރުދަނާގޮތެއްގައި ކުރުން.
- ޖަލްސާތަކުގެ ސައި ހެދުމުގައި އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
- ބޭރުން މަރުކަޒީ އިދާރާއަށް ވަޑައިގަންނަވާ ބޭފުޅުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު / ބައްދަލު ކުރައްވަން ބޭނުންވާ ފަރާތެއް ކަމާބެހޭ ބޭފުޅަކާ ގުޅިގެން ހަމަޖެއްސުން.
- ސަލާމް ބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގާ ގޮތުގެ މަތިން ކުރުން.
- ސެކްޝަންގެ މުވައްޒަފުން ސަލާމާއި ޗުއްޓީނެގުމުން ވެރިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިކަން ދިނުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
2022 އޭޕްރީލް 10 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2022-124
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.