Jobs

Salary
MVR 8,510+
Employment Type
Contract

Details

Salary and Benefits
MVR 8,510+
Job Description

ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް  އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.

އިޢުލާން ނަންބަރު: MNU-HR/2022/81

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް

ގްރޭޑް:  04

ސްޕައިން ޕޮއިންޓް: 18

މުސާރަ: މަހަކު  5،956.80 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު  2،552.92 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ކޮންމެ ހަފްތާއަކު ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ އުސޫލުން ނޯޓިސްބޯޑަށް ނެރުން.
  • ދަރިވަރުން ފެކަލްޓީއަށް ފޮނުވާ ލިޔުންތަކާއި މެޑިކަލް ސެޓިފިކެޓުތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަލައިގަނެ، ގަވާއިދުން ފައިލުކުރުމާއި ދަރިވަރުންގެ އެސައިންމަންޓްތައް ނަގައި ލެކްޗަރާއިންނާ ހަވާލުކުރުން.
  • ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި ކެންސަލުވާ ކުލާސްތަކާއި އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ދެވޭ ނޯޓިސްތައް ނޯޓިސް ބޯޑުގައި ބެހެއްޓުމާއި ބޭނުން ކެނޑުމުން އެނޯޓިސްއެއް ނެގުން.
  • ދަރިވަރުންނަށް ފޮނުވާ ލިޔުންތައް ތައްޔާރުކުރުމާއި، ލެކްޗަރަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަވާލުކުރާ ލިޔުންތައް ފޮޓޯކޮޕީ ނަގައި ލެކްޗަރަރުންނާ ހަވާލު ކުރުން.
  • ޑިޕާރޓްމަންޓްގެ ޓީޗިން ސަޕޯޓު މަސައްކަތްތައް (ދަރިވަރުންގެ އިވެލުއޭޝަން، ޕިއާ ރިވިއު) އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވުން.
  • ޑިޕާރޓްމަންޓްގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގެ ނޯޓިސް ފޮނުވައި ބައްދަލުވުން އިންތިޒާމުކުރުމާއި ބައްދަލުވުން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ޔައުމިއްޔާ ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ފެކަލްޓީގެ ފަރާތުން ރާވާ ހިންގާ އެންމެހާ ކަންކަމުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  • ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ފެކަލްޓީ ހުޅުވައި ލެއްޕުމާއި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަންކުރުން.
  • އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާ ގޮތުގެ މަތިން އޭނާގެ މަސައްކަތްކުރުން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީގެ ފަރާތުން ޙަވާލުކުރާ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2022 މާރިޗު 8 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-81

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.

Requirements and Qualifications

Minimum Experience
Not Specified

Other Information

Occupations
  • Administrative Officer
Employment Type
  • Contract
Published Date
6 March 2022
Expiry Date
8 March 2022