Jobs

Salary
MVR 5,956 - MVR 8,509

Details

Salary and Benefits
MVR 5,956 - MVR 8,509
Job Description

ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް  އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.

އިޢުލާން ނަންބަރު: 187/MNU-HR/2021

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:  4

ސްޕައިން ޕޮއިންޓް: 18

މުސާރަ: މަހަކު  5,956.80 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު  2,559.92 ރުފިޔާ

ވަޒީފާގެ ބާވަތް: ދާއިމީ

އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުގެ ދަށުން ކުރިޔަށް ގެންދާ އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައިގެން ކުރުން.
  • އިމްތިހާން ޓައިމްޓޭބަލް ހެދުމަށްޓަކައި ފެކަލްޓީ/ސެންޓަރުތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި އިމްތިޙާނު ޓައިމްޓޭބަލް ތައްޔާރުކުރުން.
  • އިމްތިހާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިހާން ހޯލަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމާއި އިމްތިހާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
  • އިމްތިހާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމް ބުކްކޮށް، އިމްތިހާނަށް ހޯލް ތައްޔާރު ކުރަންފެށުމުގެ ކުރިން އެތަންތަން އިމްތިހާނުގެ ބޭނުމަށް ލިބިފައިވާކަން ކަށަވަރު ކުރުން.
  • އިމްތިހާން ހޯލްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ އިމްތިހާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގާ އެކަން އެފަރާތުން ކުރިކަން ކަށަވަރުކުރުމާއި އިމްތިހާނަށް ދަރިވަރުން އައުމުގެ ކުރިން އިމްތިހާނަށް ބޭނުންވާ ތަކެތި އިމްތިހާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.
  • އިމްތިހާން އިންވިޖިލޭޓް ކުރުން.
  • އިމްތިހާނަށް ބޭނުންވާ ތަކެއްޗަށް ދުރާލާ އެދުމާއި އެތަކެތި ސްޓޮކުން ނެގުން.
  • ސްޓޮކްގައި އިމްތިހާނަށް ޚާއްސަ ކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.
  • އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އިމްތިހާނަށްފަހު ނައްތާލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތާލުން.
  • އިމްތިހާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭގޮތަށް ރައްކައުކުރެވިފައިވާކަން ކަށަވަރުކުރުން.
  • އިމްތިހާން ކަރުދާހުގައިވާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.
  • އައުޓް-ރީޗް ސެންޓަރުތަކުގައި އިމްތިޙާނު ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ދުރާލާ ރާވައިގެން ކުރުން. އަދި އަތޮޅު ކެމްޕަސްތަކުގައި އިމްތިހާނު ބޭއްވުމަށްޓަކައި އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުން.
  • އިމްތިޙާނު ހަދާ ކެމްޕަސް ބަދަލުކުރަން އެދޭ ދަރިވަރުންނަށް ޤަވާއިދުން އެކަން ހަމަޖައްސައިދިނުން.
  • ޔުނިވަރސިޓީގެ އެކަޑަމިކް ކަލަންޑަރުގައިވާ ކޮންމެ ޓާރމެއްގެ އިމްތިހާނު ނިމުމުން އެ އިމްތިހާނާއި ބެހޭ ތަފްސީލް ރިކޯޑް އެކުލަވާލާ، އިމްތިހާނު ކުރިޔަށް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  • އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުން އިމްތިޙާނުގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވާ އިމްތިޙާނުތަކުގައި، އިމްތިޙާނު ނިމުމަށްފަހު އިމްތިހާނުގައި ބަރިވެރިވި ފަރާތްތަކަށް ނަތީޖާ ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • އިމްތިހާން ޓައިމްޓޭބަލާއި، އިމްތިހާނުގެ ޤަވާއިދުތައް ވެބްސައިޓުން ލިބޭނޭގޮތަށް ބެހެއްޓުމާއި ޔުނިވަރސިޓީ ވެބްސައިޓްގެ އިމްތިހާނާ ބެހޭ ބައިގައިވާ މައުލޫމާތުތައް ޤަވާއިދުން އަޕްޑޭޓްކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިޙާނުތަކާއި ބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަޑައެޅިފައިވާ ސުންގަޑީގެ ކުރިން ކަމާ ބެހޭ ސެކްޝަނަށް ފޮނުވުން.
  • އެގްޒޭމިނޭޝަން ޑިޕާޓްމަންޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެތަކެތި އެފަރާތްތަކަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 ނޮވެމްބަރު 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2021-187

 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.

Requirements and Qualifications

Minimum Experience
Not Specified