Jobs

Salary
MVR 8,835+
Employment Type
Contract
Vacancies
1

Details

Salary and Benefits
MVR 8,835+
Job Description

https://gazette.gov.mv/iulaan/192355

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  • ލޯކަލް އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މިހޮސްޕިޓަލުގެ އިންޓަރނަލް އޮޑިޓް ކުރުމާއި ބެހޭ އުސޫލް އަދި އެސް.އޯ.ޕީތައް ތައްޔާރުކޮށް، މުވައްޒަފުން އަހުރުވެރިކޮށް އެއާއި އެއްގޮތަށް އަމަލުކުރުން
  • އިންޓަރނަލް އޮޑިޓް ޕްލޭނެއް ތައްޔާރުކޮށް އަމަލުކުރުން
  • ކުރެވޭ އޮޑިޓް ތަކާއި ގުޅިގެން ފުރިހަމަ މަޢުލޫމާތު މެނޭޖްމަންޓް އަދި އޮޑިޓް ކޮމިޓީއަށް ހިއްސާކުރުން
  • ރިޕޯޓްކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ތަހުގީގު މަރުހަލާގައި ފާހަގަކުރެވޭ ރިސްކްތައް  ހޯދައި ބެލުން
  • ފައިނޭންސް އަދި އޮޕަރޭޝަނަލް ކަންކަމާއި ގުޅިގެން ހިންގާ ރިސްކް-ބޭސް އޮޑިޓްތަކުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  • ކުރެވޭ އޮޑިޓް ތަކާއި ގުޅިގެން ހުރިހާ ތަފްސީލްތައް ހިމެނޭ ގޮތަށް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން
  • ކުރެވޭ އޮޑިޓްތަކާއި ގުޅިގެން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ރެކޮމެންޑޭޝަންތައް މެނޭޖްމަންޓާއި ހިއްސާކުރުން
  • މިހޮސްޕިޓަލުގެ އެކައުންޓް ބުކްސް އަދި އެކައުންޓިން ސިސްޓަމް ތަކުގައި ހުރި މައްސަލަތައް ދެނެގަތުން
  • މިހޮސްޕިޓަލުގެ އުސޫލުތަކާއި އަދި މާލީ ކަންތައްތަކާއި ގުޅިގެން މެނޭޖްމަންޓަށް ދޭންޖެހޭ ލަފާ ދިނުން
  • ޕެޓީ ކޭޝް، ނޯޓްސް ރިސީވަބަލް އަދި ޕޭޔަބަލް، ނެގޯޝިއެބަލް ސެކިއުރިޓީސް އަދި ކެންސަލްވެފައިވާ ޗެކުތައް ބެލުން.
  • މިހޮސްޕިޓަލުގެ އެކި އެކި ޑިޕާޓްމަންޓް ތަކުގައި ހިންގާ މުއާމަލާތްތަކަކީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ހިންގާ މުއާމަލާތްތައްކަން ޔަގީން ކުރުމަށް އެންމެހާ ރިކޯޑްތައް ޗެކު ކޮށް މުވައްޒަފުންނާއި އިންޓަރވިއުކުރުން
  • މިހޮސްޕިޓަލުގެ ފައިނޭންޝަލް ރިޕޯޓްތައް، އެކައުންޓިންގ ރިކޯޑް އަދި ސްޓޭޓްމަންޓްތައް ތައްޔާރުކުރެވިފައިވަނީ ޕްރޮސީޖުރަލް ސްޓޭންޑަރޑްއަށްތޯ ބެލުން.
  • މިހޮސްޕިޓަލުގެ އެކިއެކި ދާއިރާތައް އެސެސް ކުރުން އަދި އެދާއިރާތަކުގެ ރިސްކްތައް ދެނެގަތުން
  • މިހޮސްޕިޓަލް އޮޑިޓް ކުރުމުގައި ބެސްޓް އޮޑިޓް ޕްރެކްޓިސްއަށް އަމަލުކުރުން
  • އޮޑިޓް އެސައިންމެންޓްތައް އަދި ދުރާލާ ރާވައިގެން ހިންގާއަހަރީ އޮޑިޓްތަކުގެ އެންމެހާ މަސައްކަތެއް ކުރުން

 

 

މަޤާމުގެ ޝަރުތުތައް:

 

 

 

 

  1.   އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  މިމަގާމަށް މީހަކު ނެގުމުގައި ދާއިރާއާއި ގުޅޭ ޕްރޮފެޝަނަލް (އޭ.ސީ.ސީ.އޭ އަދި ސީޕީއޭ ) ފަދަ ސެޓްފިކެޓްލިބިފައިވާފަރާތަކަށްއިސްކަންދެވޭނެއެވެ.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ސިޓީއަކުން 17 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 [email protected] އަށެވެ.
  • މަގާމަށް އެދި ހުށަހުއްވާ ސިޓީ
  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  • ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
  • ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  • މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  • ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

Other Information

Occupations
  • Internal Auditor
Employment Type
  • Contract
Published Date
11 May 2022
Expiry Date
17 May 2022