މަޤާމް: ޑީން (ފެކަލްޓީ އޮފް އެޑިއުކޭޝަން)
މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް
ބޭނުންވާ ޢަދަދު: 1
މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- ޕީ.އެޗް.ޑީ ނަމަ، މުސާރަ: 15,246.00ރ، ސާރވިސް އެލަވަންސް: 6,534.00ރ
- މާސްޓަރސް ނަމަ، މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
- ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.
- ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ހަމަޖައްސާނީ ފުލް-ޓައިމް އިކްއިވެލަންޓް ސްޓޫޑަންޓުންގެ އަދަދަށް ބަލައި ޑީނުންނާއި ސެންޓަރުތަކުގެ ވެރިން އައްޔަންކުރުމުގެ އުޞޫލުގެ (ރ) ގައިވާގޮތުގެ މަތިނެވެ.
- ފޯން އެލަވަންސް: މަހަކު 500 ރުފިޔާ
ތަޢުލީމާއި ތަޖުރިބާ
- އެމް.ކިޔޫ.އޭއިން ޤަބޫލުކުރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް އޮތުން (ހަދާފައިވާ އަންޑަރގްރެޖުއޭޓް އަދި މާސްޓާރްސް ޑިގްރީ ވާންވާނީ ފެކަލްޓީގެ ދާއިރާއާއި ގުޅޭ ދާއިރާއެއްގެ ސަނަދަކެށެވެ.)، ނުވަތަ
- އެމް.ކިޔު.އޭ އިން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް، ގުޅުންހުރި ދާއިރާއަކުން ޙާޞިލްކޮށްފައި ވުން.
- މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައި ވާން ވާނެއެވެ. ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.
ޑީންނުންނާއި ސެންޓަރުގެ ވެރިން ޢައްޔަނު ކުރުމުގެ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.
https://mnu.edu.mv/wp-content/uploads/2020/11/Deans-and-Heads-appointment-policy-5.02.2020.pdf
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 2021 އޮގަސްޓު 31 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNU-HR-2021-106
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދު. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ޔުނިވަރސިޓީއަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނައިގެން.)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
އީމެއިލް: [email protected]