Jobs

Salary
MVR 45,000 - MVR 50,000
Vacancies
1

Details

Salary and Benefits
MVR 45,000 - MVR 50,000
Job Description

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ޗީފް އެގްޒެކެޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ

ޖުމްލަ މުސާރަ:

45،000.00 ރުފިޔާ އާއި 50،000.00 އާ ދެމެދު

އަސާސީ މުސާރަ:

12،600.00 ރުފިޔާ އާއި 14،000.00 ރުފިޔާއާ ދެމެދު

ސަރވިސް އެލަވަންސް:

480.00 ރުފިޔާ އާއި 500.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

ޙާޒިރީ އެލަވަންސް:

600.00 ރުފިޔާ އާއި 700.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތްތައް:

ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·        އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރަކީ އިންސްޓިޓިއުޓްގެ ކައުންސިލްގެ ލަފަޔާ އިރުޝާދުގެ މަތިން އިންސްޓިޓިއުޓްގެ ހިންގުމުގެ އެންމެ އިސްފަރާތެވެ.

·        އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

·        އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް ((IFAC އާއެކު އޮންނަ ގުޅުން ދަމަހައްޓައި، އެ ޖަމްއިއްޔާގެ މެންބަރުކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ "ސްޓޭންޑަޑްސް މޮނިޓަރިންގ އޮބްލިގޭޝަންސް" (SMOs) ތަކަށް އިންސްޓިޓިއުޓުން ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކުރުން.

·        ކައުންސިލްގެ ހުރިހާ ބައްދަލުވުންތަކެއްގައި ބައިވެރިވެ، ސިޔާސަތުތަކާއި ސްޓްރެޓީޖީތައް ތަންފީޒުވަމުންދާ މިންވަރާއި، ހިންގުމުގެ ދާއިރާއިން ހާސިލުވަމުންދާ ނަތީޖާތަކާއި، ބަޖެޓާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާ ގޮތުގެ ރިޕޯޓު ހުށަހެޅުން.

·        ކައުންސިލުން ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާއި ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް އިންސްޓިޓިއުޓްގެ ހުރިހާ ހަރަކާތްތަކެއް ހިންގުން.

·        ގަވާއިދުތަކަށް ނުވަތަ ސިޔާސީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ދުރާލައި ތައްޔާރުވާ އިސްނަގާ ލީޑަރެއްގެ ދައުރު އަދާކުރުން.

·        އިންސްޓިޓިއުޓްގެ އެތެރޭގެ އަދި ބޭރުގެ ފަރާތްތަކާ އެކު ފައިދާހުރި ގުޅުމެއް ގާއިމުކޮށް ދެމެހެއްޓުން. އަދި ކައުންސިލްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މުވައްޒަފުންނާއި ކޮމިޓީ މެންބަރުންނާ ގުޅިގެން އައު އީޖާދީ ގޮތްތަކަށް މަސައްކަތް ކުރުން.

·        އެކައުންޓެންސީ، އޮޑިޓް އަދި އެޝުއަރެންސް ދާއިރާގެ މުސްތަގުބަލަށް އަމާޒުކޮށްގެން، ކައުންސިލާއި ސަބް-ކޮމިޓީތަކާ ގުޅިގެން ސްޓްރެޓީޖިކް މިސްރާބެއް ކަނޑައަޅައި، އެކަން ތަންފީޒުކުރުން.

·        އިންސްޓިޓިއުޓްގެ މިޝަން، ފަލްސަފާ، ޕްރޮގްރާމްތައް އަދި ހަރަކާތްތައް ހާމަކޮށްދޭނެ ފުރިހަމަ މުވާސަލާތީ އިސްތިރާޖެއް އެކުލަވައިލައި ހިންގުން.

·        ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ޕްލެޓްފޯމްތަކުގައި އިންސްޓިޓިއުޓް ތަމްސީލުކުރުން.

·        އެކައުންޓެންސީ ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ކުރިއެރުންތަކުގެ މައުލޫމާތު ކައުންސިލަށާއި މެންބަރުންނަށް ފޯރުކޮށްދިނުން. މީގެ ތެރޭގައި އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (IFAC) އަދި ސައުތް އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓިންގ (SAFA) ފަދަ ޖަމްއިއްޔާތަކުގެ މަސައްކަތްތައް ހިމެނެއެވެ.

·        އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ހަރުދަނާކަން އިތުރުކުރުމަށްޓަކައި އައު ޓެކްނޮލޮޖީގެ ބޭނުން ހިފުން.

·        ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ހިނގާކަން ކަށަވަރުކޮށް، އެކަންކަމުގެ ރިޕޯޓު ކައުންސިލަށް ހުށަހެޅުން.

·        މުވައްޒަފުން މެނޭޖްކުރުމާއި، ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ޚިދުމަތްތައް ދިނުމާއި، މުދަލާއި ވަސީލަތްތައް ރައްކާތެރިކުރުމާއި، ރިސްކް މެނޭޖްކުރުމާއި، ބަޖެޓު ތައްޔާރުކޮށް ތަންފީޒުކުރުމުގެ އިތުރުން، އަހަރީ މާލީ ބަޔާނާއި އަހަރީ ރިޕޯޓު ތައްޔާރުކުރުން.

·        މުވައްޒަފުންގެ ހުނަރު ކުރިއަރުވައި، މަސައްކަތަށް ހިތްވަރުދީ، އެކަށީގެންވާ އިނާޔަތްތައް ކަނޑައެޅުން.

·        ދެމެހެއްޓެނިވި އުސޫލުތަކަށް އަމަލުކުރުމާއި އެކަމާ ގުޅޭ ރިޕޯޓިންގް އަށް އަހައްމިއްޔަތުކަން ދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·       އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް ދާއިރާއިން (ޕްރޮފެޝަނަލް އެކައުންޓިންގ ދާއިރާއަށް އިސްކަންދެވޭނެ)  

·       ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ  ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (މީގެ ތެރެއިން 5 އަހަރު ދުވަހުގެ ތަޖެރިބާ ވާންޖެހޭނީ ސީނިއާ މެނޭޖްމަންޓް މަގާމެއްގައި މަސައްކަތްކޮށްފައި ތަޖުރިބާއަށްވުން)

·       އިންސްޓިޓިއުޓްގެ ކައުންސިލް މެމްބަރެއް ނުވަތަ އިންސްޓިޓިއުޓްގެ މެނޭޖްމަންޓް މުވައްޒަފެއްގެ މައެއް/ބަފައެއް، ފިރިއެއް / އަންބެއް، ދަރިއެއް، އެއްބަނޑު އެއްބަފާ/އެއްބަނޑު/އެއްބަފާ މީހެއްކަމުގައި ނުވުން

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

·     ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

·     އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.

·     އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ

ލިޔުންތައް:

 

·     ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"

·     ވަޒީފާއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)

·     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

·     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

·     ޕޮލިސް ރިޕޯޓް (ދޫކުރިތާ 4 މަސް ނުވާ)

·     އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

·     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 7 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

Requirements and Qualifications

Minimum Experience
Not Specified

Other Information

Occupations
  • Chief Executive Officer

Login to apply for this job